ENGLISH

22 އޭޕްރީލު 2025

Advertisement

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ

18 ފެބްރުއަރީ 2025

|

ހަސަން އާމިރު

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެެރީންގެ ބައްދަލްވުމެއްގައި މިނިސްޓަރު ސައީދު ވަނީ މި ސަރުކާރުން ފެށި ބަންކަރީންގެ ޚިދުމަތަށް އިދިކޮޅުން އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާ ގުޅޭގޮތުން ތަފްސީލު ގޮތެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖެއަކީ ބަންކަރީންގެ ޚިދުމަތުގައި ފާހަގަކޮށްލެވޭ ގައުމަކަށް ހެދުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އޯފް ޕޯޓް އޭރިއާއެއް ގާއިމު ކުރެވުނީ ފުރަަތަމަ ފަހަރަށް ކަމަށާއި ބަންކަރީގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ. އެ ޚިދުމަތް އިތުރަށް ފުޅާކުރެވޭނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް ކުރިއެރުން ލިބޭނީ އެކަމެއް ފަށައި ކުރިއަށް ގެންދަން ފެށުމުން ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ގައި ބަންކަރީންގެ ޚިދުމަތް ފެށި ފަހުން މިހާތަނަށް ދެ ޝިޕްމަންޓްގެ ޓްރާންސެކްޝަން ހިންގައި އިތުރު ޝިޕްމަންޓެއްގެ ޓްރާންސެކްޝަން ހިންގަން އެސްޓީއޯ އިން ތައްޔާރު ވަމުންދާ ކަމަށް މިނިސްޓަރު ފާހަގަ ކުރެެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އޮތް ދައްޗަކީ އެ ޚިދުމަތް ދޭނެ ކޮމާޝަލް ޕޯޓްތަކެއް ނެތުން ކަމަށެވެ. ދުނިޔޭގެ ގައުމުތަކުގައި އެ ޚިދުމަތް ދިނުމަށް ވަސީލަތްތައް ގާއިމުކޮށްފައި ހުންނަ ކަމަށާ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބިން ހިއްކާ، އެ ބިމުގައި ފިއުލް ސްޓޯ ގާއިމުކޮށް ޕޯޓްތައް ގާއިމު ކުރުމަށް ކަމަށް ވިދާޅުވި އެވެ.

"އޭރުން ކަނޑުގައި ބާއްވައިގެން މިކަން ކުރުމަށް ވުރެ އަޅުގަނޑުމެންނަށް އަދި އަންނަ ފަރާތްތަކަށް ވެސް އެތައް ބައިވަރު ލުއިތަކެއް ލިބިގެންދޭ. އެ ވަސީލަތް ނެތި ރާއްޖެ މިހާ ހިސާބަށް އައިއިރުވެސް މި އޮތީ،" ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން އިންޓަނޭޝަނަލް ބަންކަރީންގެ ޚިދުމަތް ލިބޭނެ ކަން މިހާރު އޮތީ އިޝްތިހާރު ކުރެވިފައި ކަމަށާ އެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އުތުރާއި ދެކުނުން އެސްޓީއޯ އިން އެ ޚިދުމަތް ދޭނެ ކަމަށެވެ.

އަދި މި ވަގުތު މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ހުރިހާ ކަމަކަށް އޮތް ގޮންޖެހުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ގެންގޮސްފައި އޮތް ހިސާބެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު 8 ހާސް މިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށާއި ރާއްޖެ އޮތީ 125 ބިލިއަނުން ދަރާފައި ކަމަށް ވިދާޅުވި އެވެ. މި ދަރަނީގެ 60 އިންސައްތަ ހިއްސާ ކުރަނީ ކުރީ ސަރުކާރުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ހުރިހާ ކުންފުންޏެއް ހިމެނޭހެން ނުވަ ބިލިއަނުން އޮތީ ދަރަނިވެރި ވެފައި ކަމަށެވެ.

އެ މިންވަރަށް ދަރަނި އުފެއްދި ނަމަވެސް އާމްދަނީ ލިބޭނެ އެއްވެސް ވަސީލަތްތަކެއް ގާއިމު ކުރެވިފައި ނެތް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް މުޢިއްޒު ހޯއްދެވި އެންމެ ބޮޑު ކާމިޔާބީ އަކީ ރާއްޖެ ނުދަރާ ސަލާމަތް ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު