ENGLISH

11 އޭޕްރީލު 2025

Advertisement

ވޯލްޑް ޖޫނިއަރ ޓެނިސް މުބާރާތުގައި ރާއްޖޭން މޮޅަކާއެކު ފަށައިފި

18 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ރާއްޖޭގެ ޕެއާ ކުޅެނީ. --ފޮޓޯ: ބަހުރެއިން ޓެނިސް ފެޑެރޭޝަން

ބަހުރެއިންގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) ވޯލްޑް ޖޫނިއާ ޓެނިސް މުބާރާތުގެ އޭޝިއާ-އޯޝެނިއާ ޕްރީ-ކޮލިފިކޭޝަންގެ 14 އަހަރުން ދަށުގެ އަންހެންކުދިންގެ ބައިގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި ރާއްޖޭ ހިމެނޭ ގްރޫޕް ޑީގައި އިއްޔެ ކުޅުނު މެޗުގައި ވަނީ ސީދާ ތިން ގޭމުން މަކާއޯ އަތުން މޮޅުވެފައެވެ.

އެގޮތުން، ސިންގަލްސް މެޗުގައި ރާއްޖޭގެ ކިޔާރާ އުސާމާ އަލީ ވަނީ ސީދާ ދެ ސެޓުން މަކާއޯގެ އެމާ ހޮއި އިއެނޮންގ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ކިޔާރާ ކާމިޔާބުކުރީ 6-2، 6-3 އިންނެވެ.

ސިންގަލްސް ދެވަނަ މެޗުގައި މަކާއޯގެ ހޮންގ ޓައި ވޫ އަތުން ރާއްޖޭގެ އައިޝަތު ކެރީން ސައިޒާން މޮޅުވީ ވެސް ސީދާ ދެ ސެޓުންނެވެ. ކެރީން ސައިޒާން މި މެޗު ކާމިޔާބުކުރީ 6-3، 6-2 އިންނެވެ.

ޑަބަލްސް މެޗުގައި ރާއްޖޭގެ ކިޔާރާ އާއި ކެރީން ސައިޒާންގެ ޕެއާ ވަނީ ސީދާ ދެ ސެޓުން މަކާއޯގެ އެމާ ހޮއި އިއެނޮންގ އާއި ހޮންގ ޓައި ވޫ ގެ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ރާއްޖޭގެ ޕެއާ ކާމިޔާބުކުރީ 7-5، 6-2 އިންނެވެ.

މުޅިއެކު އޭޝިއާގެ 18 ޤައުމަކުން ބައިވެރިވެފައިވާ މި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއް ހަ ގްރޫޕަކަށް ބަހާލާފައިވާއިރު، ރާއްޖެ އާއި މަކާއޯގެ އިތުރުން ގްރޫޕް ޑީގައި ދެން ހިމެނެނީ އޮމާން އެވެ.

ކިޔުންތެރިންގެ ހިޔާލު