ENGLISH

22 އޭޕްރީލު 2025

Advertisement

އެޗްޑީސީގެ "އެއްގެއިން އެނެއް ގެއަށް" ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލައިފި

18 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ހުޅުމާލޭގައި ރަށްވެހިގުޅުން އާލާކުރުމަށް އެޗްޑީސީން ކުރިއަށްގެންދިޔަ "އެއްގެއިން އަނެއްގެއަށް" ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ. 

މި މަހުގެ 1-16 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތަށް ގިނަބައެއްގެ ތަރުހީބުވަނީ ލިބިފައެވެ. 

މި ކެމްޕެއިންގެ ދަށުން ގޭގައި ބޭނުންކުރާ ތަކެތި އުކާލުމުގެ ބަދަލުގައި، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަދިޔާކޮށްފައިވެއެވެ. މި ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވެ، ގިނަ އަދަދަކަށް ތަކެތި ހަދިޔާކޮށްފައިވާކަމަށް އެ ކުންފުނިންވަނީ ފާހަގަކޮށްފައެވެ. އަދި މި ކެމްޕެއިނަށް ލިބުނު ތަރުހީބު ފާހަގަކޮށް މިކަމުގައި ބައިވެރިވި އެންމެހާ ރައްޔިތުންނަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.  

"އެއްގެއިން އަނެއްގެއަށް" ހަރަކާތުގެ ތަފާސްހިސާބު: 

  • މައުލޫމާތު ސާފުކުރަން ގުޅި އަދަދު: 454
  • ތަކެތި ހަދިޔާކުރުމަށް އެދުނު އަދަދު: 165
  • ތަކެތި ލިބިފައިވާ އަދަދު: 193
  • ތަކެތި ހަދިޔާކުރި އަދަދު: 191 

މި ހަރަކާތަކީ ރަމަޟާން މަހާ ދިމާކޮށް އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ކުނީގެ ގޮތުގައި ނައްތާލަންޖެހޭ ތަކެތި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު