ENGLISH

22 އޭޕްރީލު 2025

Advertisement

އީޕީއޭއާއި ޗައިނާގެ އިންސްޓިޓޫޓަކާ ދެމެދު ޓެކްނޮލޮޖީ އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

18 ފެބްރުއަރީ 2025

|

ޝަރާ އަބްދުﷲ

ޓެކްނޮލޮޖީ އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން..

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ އިދާރާ (އީޕީއޭ) އާއި ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ، ޗައިނީސް އެކަޑަމީ އޮފް ސައިންސަސް އާ ދެމެދު ޓެކްނޮލޮޖީ އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައެވެ. މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރާސާތަކުގައި ޓެކްނޮލޮޖީގެ ރޮނގުން އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ހިންގާނެ ޚާއްސަ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ ތަފްސީލު އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު