ENGLISH

22 އޭޕްރީލު 2025

Advertisement

ށ. އަތޮޅު އަމާންވެށީގައި ތިބި ކުދިންނާ ޑރ. އައިޝަތު ޝިހާމް ބައްދަލުކުރައްވައިފި

18 ފެބްރުއަރީ 2025

|

އަހުމަދު ސައީދު

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، ށ. އަތޮޅު އަމާންވެށީގައި ތިބި ކުދިންގެ ގާތަށް މިއަދު ޒިޔާރަތްކުރައްވާ އެކުދިންގެ ހާލު ބައްލަވާލައްވައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި ޑރ.ޢާއިޝަތު ޝިހާމް މިއަދު ށ. އަތޮޅު ފުނަދޫއަށް ކުރެއްވި ދަތުރަކީ ށ. އަތޮޅުގައި ޤާއިމްކުރެވިފައިވާ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގެ މަސައްކަތްތައް ބައްލަވާލެއްވުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ށ. އަތޮޅު އަމާންވެށީގައި ތިބި ކުދިންގެ ގާތަށް ޒިޔާރަތްކޮށް އެކުދިންގެ ހާލު ބަލައިލުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި ހަމައެއާއެކު ކަމާ ގުޅުންހުރި އިދާރާތަކާއި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ވުޒާރާގެ މެންޑޭޓުގެ ދަށުން ފޯރުކޮށްދެވެން ހުރި ޚިދުމަތްތައް ފުޅާކުރުމާއި އިތުރަށް ހަރުދަނާކުރުމަށް އައިޝަތު ޝިހާމްގެ މިދަތުރުގައި މަޝްވަރާކުރައްވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ބޭފުލުން 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އެކުދިންނަކީ މުޖުތަމައަށް ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، އެކުދިންނަށް ބޭނުންވާ ތަމްރީނުތަކާއި، ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތްތައް ވުޒާރާއިން ކުރަމުން ގެންދާއިރު، އެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ށ. އަތޮޅު އެފްސީއެސްސީގައި މަސައްކަތްކުރައްވާ ސްޓާފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އައިޝަތު ޝިހާމް ވަނީ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު