ENGLISH
22 އޭޕްރީލު 2025
ވަޒީރު ޝަހީމް އިންޑިޔާއާއި އިނގިރޭސިވިލާތުގެ ސަފީރުންނާ ބައްދަލުކުރައްވައިފި
18 ފެބްރުއަރީ 2025
|
އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
އެގޮތުން އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އާއެކު ބައްދަލުކުރެއްވި ކުރެއްވުމުގައި މިނިސްޓަރ ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެ، ވުޒާރާއަށް ޒިޔާރަތްކުރެެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު އިސްލާމީ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ ތަޢާރަފެއް މިނިސްޓަރ ދެއްވާފައިވެއެވެ. އިނގިރޭސިވިލާތުން ރާއްޖެއާމެދު އަބަދުވެސް ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި އިނގިރޭސިވިލާތުގެ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ވަޒީރު ޝުކުރު އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުން، އިންޑިޔާއިން ދިވެހިރާއްޖެއަށް ޢައްޔަންކުރައްވާފައިވާ ހައިކޮމިޝަނަރ ބަލަސުބްރަމާނިއަމްއާ ވެސް މިނިސްޓަރ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި، އިންޑިއާއިން ރާއްޖެއާމެދު އަބަދުވެސް ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް މިނިސްޓަރ ޝަހީމް ޝުކުރުއަދާކުރައްވާފައިވެއެވެ.
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޖީ. ބަލަސުބްރަމާނިއަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުގައެވެ.