ENGLISH

22 އޭޕްރީލު 2025

Advertisement

ރަމަޟާން މަހުގެ ކުރިން ރޯދައިގެ ޢިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށަހަޅަން ހުޅުވާލައްވައިފި

18 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ލޭބާ ރިލޭޝަންސް އޮތޯރިޓީގެ އޮފީސް، ފޮޓޯ: ޕީއެސްއެމް

ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން ރޯދަ ޢިނާޔަތް ވަޒީފާދޭ ފަރާތްތަކުން ނުދޭނަމަ އެކަމުގެ ޝަކުވާ ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅުމަށް ހުޅުވާލައްވަައިފިއެވެ. 

މިއަދު އެ އޮތޯރިޓީން ނެރުއްވި އިޢުލާނެއްގައި ވަޒީފާ އަދާކުރާ ދިވެހިންނަށް ރަމަޟާން މަހު ދޭ ރޯދަ ޢިނާޔަތުގެ ގޮތުގަައި 3،000 ރުފިޔާ ދިނުމަށްވަނީ ހަނދާންކޮށްދީފައެވެ. މިއީ ކޮންމެ ރަމަޟާން މަހެއް ފެށުމުގެ ކުރިން މުވައްޒަފުންނަށް ދިނުމަށް ވަޒީފާއާ ބެހޭ ޤާނޫނުން ލާޒިމުކުރާ ޢަދަދެކެވެ. 

ވަޒީފާ ދޭ ފަރާތްތަކުން ރޯދަ ޢިނާޔަތް ދެމުންދިޔަ ނަމަވެސް ޤާނޫނުގައި ބަޔާންކޮށްފަައިވާ އުޞޫލުތަކާ އެއްގޮތަށް ރަމަޟާން މަހުގައި ދޭންޖެހޭ ޢިނާޔަތް ދެމުންނުދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެފައިވެއެވެ. 

ފާއިތުވި އަހަރުތަކުގައިވެސް ޤާނޫނުގައި ބަޔާންކުރާ ގޮތަށް ރޯދަ ޢިނާޔަތް ނުލިބުމާ ގުޅިގެން ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ޝަކުވާތައް ލިބިފައިވާކަމަށް އެ އޮތޯރިޓީން ވިދާާޅުވިއެވެ. 

އެ އޮތޯރިޓީން ހަނދާންކޮށްދީފައިވަނީ ރޯދަމަހުގެ ޢިނާޔަތަކީ ޕްރައިވެޓް ދައިރާއާއި އަމިއްލަ ވިޔަފާރިތަކުގެ ދާއިރާގެ މުވައްޒަފުންނަށްވެސް ލިބެންޖެހޭ ޢިނާޔަތެއް ކަމެވެ. އަދި މި ޢިނާޔަތަކީ ވަގުތީ މުވައްޒަފުންނާއި ޕްރޮބޭޝަނުގައި ތިބި މުވައްޒަފުންނާއި ޤާނޫނުން ލިބޭ ޗުއްޓީތަކުގައި ތިބި މުވައްޒަފުންވެސް ހިމެނޭހެން ހުރިހާ މުވައްޒަަފުންނަށް ލިބެންޖެހޭ ޢިނާޔަތެއްކަންވެސް އެ އޮތޯރިޓީން ފާހަގަކުރެއްވިއެވެ. 

އަދި ރަމަޟާން މަސް ފެށޭއިރު އެއްވެސް ދިވެހި މުވައްޒަފަކަަށް މި ޢިނާޔަތް ނުލިބި އޮތްނަމަ އެކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ހުށަހެޅުމުގެ ފުރުޞަތު މިހާރުން ފެށިގެން ހުޅުވައިލައްވާފައިވާކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު