ENGLISH
10 އޭޕްރީލު 2025
ސަސް އަށް ފުރަތަމަ މޮޅު، ޓީސީ އާއި އޮޑި ސްޕޯޓްސްގެ މެޗު އެއްވަރު
18 ފެބްރުއަރީ 2025
|
ޓީސީ އާއި އޮޑި ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އެފްއޭމް
މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެގެ މެޗުތަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅުވިއިރު، ޓީސީ ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ބައްދަލުކުރި މެޗު އިއްޔެ އެއްވަރުވެއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން، ޓީސީން އާއި އޮޑި ސްޕޯޓްސް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ދެ ޓީމު ވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ވަނީ ކާމިޔާބުކޮށްފައެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ސަސް ވަނީ 3-1 އިން ވިކްޓްރީ ސްޕޯޓްސް ކުލަބު އަތުން މޮޅުވެފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅެވެ. ސަސް ކުޅުނު ފުރަތަމަ މެޗުގައި ޓީސީ އަތުން ވަނީ ބަލިވެފައެވެ.
ސަސް އިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ މުޙައްމަދު އިޒާން އަލީ އެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ ހުސެއިން ސުހާދު ޝުހާން އެވެ. ވިކްޓްރީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޖުމާން އަބްދުﷲ ޖަމީލް އެވެ.
މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި ދެ ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް ސެމީ ފައިނަލުން ފުރުޞަތު ލިބޭނެއެވެ. ސެމީގެ މެޗުތައް މި މަހުގެ 26 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލު މެޗު ތާވަލްކޮށްފައި ވަނީ މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ރޭގަނޑަށެވެ.