ENGLISH
10 އޭޕްރީލު 2025
ވަޔެކާނޯ އަތުން މޮޅުވެ، ބާސެލޯނާ ލީގުގެ އެއްވަނަ އަށް
18 ފެބްރުއަރީ 2025
|
ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯ އަތުން 1-0 އިން ހޯދި މޮޅާއެކު، ބާސެލޯނާ އިން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މި މޮޅާއެކު، ބާސެލޯނާ ވަނީ، ތާވަލްގެ އެއްވަނައިގައި ކުރިން އޮތް ރެއާލް މެޑްރިޑާ އެއްވަރަށް 25 މެޗުން 51 ޕޮއިންޓް ހަމަކޮށްފައެވެ. ބާސެލޯނާ އަށް ކުރި ލިބެނީ ހެޑްޓުހެޑް ރެކޯޑުންނެވެ. އެތުލެޓިކޯ މެޑްރިޑް ތިންވަނައިގައި އޮތީ 50 ޕޮއިންޓާއެކު އެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ބާސެލޯނާގެ ޑިފެންޑަރު، އިނީގޯ މާޓިނޭޒް އަށް ވަޔެކާނޯގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެފަހުން، ފުރަތަމަ ހާފު ނިމެންދަނިކޮށް، ވަޔެކާނޯގެ ކުޅުންތެރިން ފޮނުވާލި ބޯޅައެއް ބާސެލޯނާގެ އިނީގޯ މާޓިނޭޒް ވަނީ ގޯލްގެ ރޮނގު މަތިން ސަލާމަތްކޮށްފައެވެ.
އަދި، ފަހު ހާފުގައި ވަޔެކާނޯ އިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތްތައް ހުއްޓުވުމުގައި ބާސެލޯނާގެ ގޯލްކީޕަރު، ވޮޝިއެކް ޝެޒްނީ ވަނީ ތަފާތު ދައްކާފައެވެ.
މި މެޗުން ބަލިވި ވަޔެކާނޯ އޮތީ ހަވަނައިގައެވެ. އެ ޓީމަށް ލިބިފައި ވަނީ 35 ޕޮއިންޓެވެ.