ENGLISH

22 އޭޕްރީލު 2025

Advertisement

ދިވެހި ޙައްޖާޖީންގެ އިސް ޝެއިޚަކަށް ޝައިޚު މުޠީޢު ހަމަޖައްސަވައިފި

18 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

މިއަހަރުގެ ޙައްޖުގެ އިސްޝައިޚަކަށް ހަމަޖެއްސެވި ޝައިޚު މުޠީޢު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ


މި އަހަރު ހައްޖަށްދާ ދިވެހީންގެ އިސް ޝެއިޚަކަށް އައްޝައިހް މުތީޢު އިސްމާޢީލް ހަމަޖައްސަވައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މި އަހަރު ޙައްޖަށްދާ ދިވެހީންގެ އިސް ޝެއިހަކަށް ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމަށެވެ. އިސް ޝެއިޚަކަށް ހަމަޖައްސަވާފައި ވަނީ އައްޝައިހް މުތީޢު އިސްމާޢީލުކަމަށްވެސް ވިދާޅުވިއެވެ.

ޝެއިޚް މުތީޢަކީ މަދީނާގެ ޤަޞީމް ޔުނިވާސިޓީން ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެ ޔުނިވާސިޓީން އިސްލާމީ ޝަރީޢާ އިން ބެޗެލާސް ޑިގްރީ ޙާޞިލުކުރައްވާފައިވެއެވެ. 

މިދިޔަ އަހަރު ދިވެހި ޙައްޖާޖީންގެ އިސް ޝެއިޚަކަށް ވަޑައިގެންނެވީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އާދަމް ޝަމީމެވެ.

މި އަހަރުވެސް ރާއްޖެއަށް 1000 ކޯޓާ ލިބިފައިވެއެވެ. ސަރުކާރުން ދަނީ އިތުރު ކޯޓާ ހޯއްދެވުމަށް މަސައްކަތްކުރައްވަމުންނެވެ. ޙައްޖުގެ ކަންކަން ހަރުދަނާ ކުރެއްވުމާއި ޙަައްޖަށް ދިއުމަށް ކުރަން ޖެހޭ ހޭދަ ކުޑަކުރެއްވުމަށްވެސް ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު