ENGLISH
22 އޭޕްރީލު 2025
ފަސް ޤައުމަކަށް ސަފީރުންނާއި، ބައިނަލް އަޤްވާމީ 4 ޖަމްޢިއްޔާއަކަށް މަންދޫބުން އައްޔަނުކުރުމަށް ރުހުންދެއްވަައިފި
18 ފެބްރުއަރީ 2025
|
ފަސް ޤައުމަކަށް ކަނޑައެޅުއްވި ސަފީރުންނާއި ބައިނަލްއަޤުވާމީ ހަތަރު ޖަމްޢިއްޔާއަކަށް ކަނޑައެޅުއްވި މަންދޫބުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވައިފިއެވެ. މިބޭފުޅުން މަޤާމުތަކަށް ޢައްޔަންކުރެއްވުމަށް ފާސްކުރައްވާފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މައްސަލަ ދިރާސާކުރެއްވުމަށްފަހު ފޮނުއްވި ރިޕޯޓުތަކަށް މަޖިލީހުގައި ވަކިވަކީން އެއްސެވި ވޯޓުންނެވެ.
ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކަށް ކަނޑައެޅުއްވި މަންދޫބުން
· އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއޯއެމް) އަށް: އިނގިރޭސިވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް
· އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) އަށް: ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފު
· ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އަށް: ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު
· އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް: ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު
ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުން
· ސްވިސް ކޮންފެޑެރޭޝަނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު
· ކެނެޑާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓު ސަފީރަކަށް އެމެރިކާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުޙައްމަދު
· މިސްރަށް ކަނޑައަލުއްވާ ނޮން-ރެޒިޑެންޓު ސަފީރަކަށް ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު
· ކުވެއިތަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ސައުދި އަރަބިއްޔާގައި ހުންނަވާ ސަފީރު އަހުމަދު ސަރީރު
· ބޫޓާނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ބަންގްލަދޭޝްގައި ހުންނަވާ ސަފީރު ޝިއުނީން
މީގެ އިތުރުން "ބަރން ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓިކް ވަރކްސް" ގައި ރާއްޖޭން ބައިވެރިވުމަށްވެސް މަޖިލީހުން ފާސްކުރައްވާފައިވެއެވެ.