ENGLISH

22 އޭޕްރީލު 2025

Advertisement

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމެނީ

18 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ގދ. ރަތަފަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ޖުމްލަ މަސައްކަތުގެ 91 އިންސައްތަ ނިމިފައިވާ ކަމަށެވެ.

ބްރޭކްވޯޓަރ އިންސްޓޯލްކުރުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދާ ރިވެޓްމަންޓް ޕްރޮފައިލިންގެ މަސައްކަތުގެ 82 އިންސައްތަ ވަނީ ނިމިފައި ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެއެވެ. މީގެ އިތުރުން ފަޅު ފުންކުރުމުގެ މަސައްކަތުގެ 87 އިންސައްތަ ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ތެރޭގައި 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6،600 އަކަމީޓަރުގެ ވެލި، ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ތޭރަ ސަތޭކަ މީހުން ދިރިއުޅޭ ރަތަފަންދޫގައި ހިންގާ މި ޕްރޮޖެކްޓުގެ ސަބަބުން ރަތަފަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ސެޕްޓެމްބަރު 3 2022 ގަ އެވެ. 

ކިޔުންތެރިންގެ ހިޔާލު