ENGLISH

22 އޭޕްރީލު 2025

Advertisement

މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނިނަގާ ގަޑިތަކަށް ބަދަލުގެންނަނީ

18 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ވެމްކޯއިން ކުނި ނަގަނީ، ފޮޓޯ: ރާއްޖެޓީވީ

ރަމަޟާންމަހާއި ދިމާކޮށް މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނިނަގާ ގަޑިތަކަށް ބަދަލުގެންނަން ހަމަޖެހިފައިވާކަމަށް ވެމްކޯއިން ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވެމްކޯގެ މެނޭޖަރ އިބްރާހީމް ޙަނީފް ވިދާޅުވީ މިއަހަރުގެ ރަމަޟާންމަހު މާލޭ ގޭބިސީތަކުން ކުނިނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 އިން ދަންވަރު 2:30 އަށެވެ. އަދި ހުޅުމާލޭގައި ކުނިނެގުން ކުރިއަށްދާނީ ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށެވެ. ވިލިމާލޭގައި ރޭގަނޑު 9:30 އިން ދަންވަރު 1:00 އަށެވެ.

މި ބަދަލަށް އަހުލުވެރިކުރުމަށް، މިމިހުގެ 23 ވަނަ ދުވަހުން ފެށިގެން ކުނިނަގަން ހަމަޖެހިފައިވަނީ މިބަދަލާ އެއްގޮތަށް ކަމަށްވެސް ހަނީފް ވިދާޅުވިއެވެ.

ކުނިނަގަންފަށާ ވަގުތަށްވުރެ ލަހުން ކުނި ނެރޭ ގޭބިސީތަކަށް ޚިދުމަތްދިނުމުގައި ދަތިވާނެތީ، ކުނިނަގާ ވަގުތުގެ ކުރިން ކުނިތައް ނެރުމަށް ހަނީފް އެދިވަޑައިގެންނެވިއެވެ. 

ކިޔުންތެރިންގެ ހިޔާލު