ENGLISH

22 އޭޕްރީލު 2025

Advertisement

3 ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތައް ފާސްކުރައްވައިފި

18 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު

ތިން ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފި އެވެ.

3 މިނިސްޓްރީއެއްގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތަކަށް މަޖިލީހުގެ ރުހުން ހޯއްދެވުމުގެ މައްސަލަ ތަޅުމަށް ހުށަހެޅުނީ މިދިޔަ ހަފްތާގަ އެވެ. އެ މައްސަލަ ދިރާސާކޮށް، މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެކުލަވާލި ރިޕޯޓާ މެދު މިއަދު ނެގުނު ވޯޓުގައި އެ ބަދަލުތައް ފާސްކުރެއްވީ ... މެމްބަރުންގެ ވޯޓާ އެކު އެވެ.

މަސައްކަތުގެ ދާއިރާއަށް ބަދަލު ގެންނެވި ވުޒާރާތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތެވެ.

ރައީސް އޮފީހުން މަޖިލީހަށް ފޮނުއްވި ކަރުދާހުގައި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތަކުގެ ގޮތުގައި ހިމަނާފައިވަނީ:

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން

މަތީ ތައުލީމާޢި ތަމްރީނު ދިނުމާ ބެހޭ ކަންކަން

މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ކަންކަން

މަތީ ތައުލީމާއި ތަމްރީނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން

މަތީ ތައުލީމާއި ތަމްރީނު ދިނުން ރެގިއުލޭޓްކުރުމުގެ ކަންކަން

ގައުމީ ސަނަދުތަކުގެ އޮނިގަނޑާ ގުޅޭ ކަންކަން

ދިވެހި ރާއްޖޭގެ ވަޒީފާއާ ބެހޭ ކަންކަމާއި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ކަންކަމާއި މަސައްކަތު މާހައުލުގެ ސިއްހީ ރައްކާތެރިކަމާ ބެހޭ ކަންކަން

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ

ގައުމުގެ ދާޚިލީ ސަލާމަތާއި އަމަންއަމާންކަމާޢި ދާޚިލީ ހަމަޖެހުން ގާއިމުކުރުމާ ބެހޭ ކަންކަން

ކުށްކުރުން މަދުކުރުމާއި ކުށްވެރިން ބެލެހެއްޓުމާ ބެހޭ އެންމެހައި ކަންކަން

ދިވެހިރާއްޖޭގެ އިމިގްރޭޝަންއާ ބެހޭ ކަންކަން

މިނިސްޓްރީ އޮފް ހެލްތު

ރައްޔިތުންނަށް ސަލާމަތް ސިއްހަލެއް ލިބިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން

ސިއްހީ ޚިދުމަތް ދޭ ތަންތަނާއި، ޚިދުމަތް ދޭ މީހުން ރެގިއުޅޭތްކުރުމާ ބެހޭ އެންމެހައި ކަންކަން

ކާބޯތަކެއްޗާއި ، ބޭހާއި، ހެލްތު ކްލިއަރެންސް ހޯދަންޖެހޭ ކެމިކަލްތަކާއި، މެޑިކަލް ޑިވައިސްތަކުގެ ރައްކާތެރިކަމާ ގުޅޭ އެންމެހައި ކަންކަން

ރައްކާތެރި ލޭ ފޯރުކޮށްދިނުމާ ބެހޭ ކަންކަން

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓަންޖެހޭ މީހުންނާ ބެހޭ ކަންކަން

ސަރުކާރުން ހުށަހެޅުއްވި ގޮތަށް މިނިސްޓްރީތަކުގެ މެންޑޭޓަށް ބައްދަލުތަކެއް ގެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވީ، މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ. 

ކިޔުންތެރިންގެ ހިޔާލު