ENGLISH
22 އޭޕްރީލު 2025
ގެމްބިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި
18 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަދި ގެމްބިއާގެ ރައީސް އަޑަމާ ބަރޯ
ގެމްބިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަޑަމާ ބަރޯއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވަނީ ރައީސް ފޮނުއްވި ތަހުނިޔާ މެސެޖުގައި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި އަދި ދިވެހި ރައްޔިތުންގެ ނަމުގައި ގެމްބިއާގެ ރައީސަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރެއްވި ކަމަށެވެ.
އަދި ރައީސްގެ މެސެޖުގައި ގެމްބިއާގެ ރައީސަށް ދުޅަހެޔޮ ޞިއްޙަތާއި އުފާފާގަތިކަމާއި ގެމްބިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން މިންވަރުކުރެއްވުން އެދިވަޑައިގެންފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ގެމްބިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހެވެ.