ENGLISH

22 އޭޕްރީލު 2025

Advertisement

ފުވަައްމުލަކުގައި ޔޫރޯ ސްޓޯރުގެ ގުދަން ފަޅާލައި ގިނަ ޢަދަދެއްގެ ސިނގިރޭޓު ކާޓޫނު ވަގަށް ނަގައިފި

17 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ފުވައްމުލައް ސިޓީ، ފޮޓޯ: ޓްރިޕް އެޑްވައިޒާ

ފުވައްމުލަކު ސިޓީގައި ހުރި ޔޫރޯ ސްޓޯރުގެ ގުދަނެއް ފަޅާލައި އެތަނުގައި ރައްކާކޮށްފަައި ހުރި ގިނަ ޢަދަދެއްގެ ސިނގިރޭޓު ކާޓޫނު ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ. 

މިޑީޔާއަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވި ގޮތުގައި ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަން ފަޅައިލާ 130 އަށްވުރެ ގިނަ ސިނގިރެޓު ކާޓޫނު ވަގަށް ނެގި މައްސަލައެއް އެ ޚިދުމަތަށް ހުށަހަޅާފައިވަނީ މިއަދުއެވެ. 

އެ މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުނުކުރާކަން ހާމަކުރައްވައި އެ ޚިދުމަތުން ވިދާޅުވީ އެ މައްސަލަ ތަޙުޤީޤުކުރައްވަމުންދާ ކަމަށެވެ. 

ފާއިތުވި ޑިސެންބަރު މަހުން ފަށައިގެން ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުސް ބޮޑުކުރުމާއެކު ސިނގިރެޓާއި ދުންފަތުގެ އެހެނިހެން ބާވަތްތަކުގެ އަގުވަނީ ބޮޑުވަފައެވެ. އެގޮތުން ސިނގިރެޓު ފޮއްޓެއްގެ އަގު މިހާރު 250 ރުފިޔާއަށް އަރާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު