ENGLISH
22 އޭޕްރީލު 2025
ރޯދަަމަހު ކައިވެނިކޮށްދޭނެ ވަގުތުތައް ފެމިލީ ކޯޓުން އިޢުލާނުކުރައްވައިފި
17 ފެބްރުއަރީ 2025
|
ފެމިލީ ކޯޓު، ފޮޓޯ:ދެން
އަންނަ ރަމަޟާން މަހާއި އެ މަހާ ޖެހިގެން އަންނަ ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ވަގުތުތައް އެ ކޯޓުން އިޢުލާނުކުރައްވައިފިއެވެ.
މިއަދު ފެމިލީ ކޯޓުން މަޢުލޫމާތު ދެއްވި ގޮތުގައި ރޯދަމަހާއި ޝައްވާލުގެ ފުރަތަމަ ހަތް ދުވަހު ކައިވެނިކޮށްދޭނީ ހުކުރުދުވަހާއި ހޮނިހިރުދުވަހާއި ބަންދު ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އާ ދެމެދު އަދި ރޭގަނޑު 21:30 އިން 23:30 އާ ދެމެދުގައެވެ.
ހަފުތާ ބަންދު ދުވަސްތަކުގެ ތެރެއިން ހޮނިހިރު ދުވަހުގައި މެންދުރުފަސް 13:00 އާއި 14:00 އާ ދެމެދު އަދި ހުކުރާއި ހޮނިހިރުވެސް ރޭގަނޑު 21:30 އާއި 23:30 އާ ދެމެދުގައި ކައިވެނިކޮށްދޭނެއެވެ.
އަދި އެ މުއްދަތުގައި ކޯޓުން ބޭރުން ކައިވެނިކޮށްދޭނީ ކޮންމެ ދުވަހަކުވެސް ރޭގަނޑު 21:30 އާއި 23:30 އާ ދެމެދުގައިކަމަށް ފެމިލީ ކޯޓުން ވިދާޅުވެފައިވެއެވެ.
މިހާރު ހަފުތާގެ ހުރިހާ ދުވަހެއްގައިވެސް ފެމިލީ ކޯޓުން އަންނަނީ ކައިވެނިކޮށްދެއްވަމުންނެވެ.