ENGLISH
22 އޭޕްރީލު 2025
ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 9 މީހުން ހައްޔަރުކޮށްފި
17 ފެބްރުއަރީ 2025
|
ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުން.. ފޮޓޯ: ފުލުހުން
ރާއްޖޭގެ ފުލުހުންގެ ޚިދުމަތުން ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި 9 މީހަކު ފުލުހުންގެ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 3 ދިވެހިންނާއި 5 ބިދޭސީންނެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެން މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމަށް ތުހުމަތުކުރެވިގެންނެވެ. މިމަހުގެ 15 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާރިކިލުން 9 މީހަކު ބަލައި ފާސްކުރި އިރު ވަނީ 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ތަކެތި ފެނިފައެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ޖަވާހިރުވާދީ، މާލެ، އަލްޙާން ރަޝީދު ޙުސައިން (49އ) އާއި ޏ. ފުވައްމުލައް / ދިގުވާނޑު، ހޮލެންޑް، މަރްޔަމް ރިފާޢު ( (25އ) އާއި ރ. އިނގުރައިދޫ / ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ) އާއި ކުމަރެސަން ޗިންނައިއަ، އިންޑިއާ (20އ) އާއި ދިނޭޝް ސައްމިޔައްޕަން، އިންޑިއާ (29އ) އާއި އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، ސްރީލަންކާ (39އ) އާއި ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ (46އ) އާއި މުޙައްމަދު މައްސޫދު، ބަނގުލަދޭޝް (46އ) އަދި ސަބެޝަން ނަހާރަޖަ، ސްރީލަންކާ (31އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 9 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރ. އިނގުރައިދޫ / ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ) ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލައި އަދި ބާކީތިބި 8 މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުންނެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.