ENGLISH

22 އޭޕްރީލު 2025

Advertisement

މީގެ ފަހުން ދިވެހި ޙައްޖާޖީން ޙައްޖަށް ދާނީ ޤައުމީ އެއާލައިންގައި

17 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު މިއަދު ކުރެވުނު އެއްބަސްވުމަށް ފަހު މީގެ ފަހުން ދިވެހި ޙައްޖާޖީން ޙައްޖަށް ދާނީ ޤައުމީ އެއާލައިންގައެވެ.

މި ޙަފްލާގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ދިވެހިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ކޮންމެ އަހަރަކުދާކަމެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް ދިވެހި ޤައުމުގެ އަމިއްލަ އެއާލައިނެއްގައި ދިޔުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ރާއްޖެއަށް މީގެކުރިން މި ފުރުސަތު ލިބިފައި ނުވާތީ މީގެ ކުރިން ޙައްޖާޖީން ޙައްޖަށް ފޮނުވަނީ އެހެން ޤައުމުތަކުގެ އެއާލައިންތައް ޗާޓާކޮށްގެން ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ މި އެގްރީމެންޓްގެ ދަށުން ޙައްޖުވެރިންގެ ތެރެއިން 50 އިންސައްތަ ޙައްޖުވެރިން ޙައްޖަށްދާނީ ޤައުމީ އެއާލައިންގައި ކަމަށެވެ. އެއީ ގާތްގަނޑަކަށް 500 ޙައްޖުވެރިންކަމާއި މިކަމުގެ ތެރޭގައި 3.6 މިލިއަން ރުފިޔާ ޓްރާންސްޕޮޓޭޝަން ޙަރަދު ކުޑާވެގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެހެންމެ ޙައްޖުގެ އިތުރުން ޢުމްރާގެ އަޅުކަމަށް ވެސް ޤައުމީ އެއާލައިންގެ ފްލައިޓްތައް ބޭނުންކުރުމާ ގުޅެގޮތުން މޯލްޑިވިއަންއާ މަޝްވަރާކުރެވެމުންދާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު