ENGLISH

22 އޭޕްރީލު 2025

Advertisement

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބޮޑުބެރު މުބާރާތެއް ކުރިއަށްގެންދަން ނިންމައިފި

17 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ބޮޑުބެރު ގްރޫޕެއްގެ ހަރަކާތެއްގެ ތެރެއިން. އުފެއްދުންތެރިކަމުގެ މައުރަޒުގައި ބޮޑުބެރު މުބާރާތެއް ކުރިއަށްގެންދާނެ.

މިއަހަރުގެ މެއި މަހު ބާއްވަން ތައްޔާރުވަމުން އަންނަ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބޮޑުބެރު މުބާރާތެއް ބާއްވަން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިޢުލާންކޮށްފިއެވެ.

ބީސީސީން ބޮޑުބެރު މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ގުޅިގެންނެވެ.

ބީސީސީން ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބޮޑުބެރު މުބާރާތެއް ކުރިއަށްގެންދަން ނިންމީ، ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުމުގެ މަޤްޞަދުގައި ކަމަށެވެ.

ބޮޑުބެރު މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، ވަރަށް އަވަހަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް ބީސީސީން ވިދާޅުވިއެވެ. 

މައުރަޒުގައި 7 ދާއިރާއުން 15 ގިންތިއަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވައިލައްވާފައެވެ. އަދި، 15 ގިންތި  81 ސަބް ގިންތިއަށްވެސް ވަނީ ބަހާލާފައެވެ. އެއިން ކޮންމެ ގިންތިއަކުން އުފެއްދުންތައް ހުށަހެޅޭނެކަމަށް ބީސީސީން ވިދާޅުވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު އިޝްތިހާރު ކުރުމުގެ ގޮތުން އައްޑޫ ސިޓީގައި އިއްޔެ ވަނީ ސައިކަލް ބުރެއް ބާއްވާފައެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކުރިއަށްގެންދިޔަ ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

މައުރަޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދިވެހި އުފެއްދުންތެރިންނަށް އާ ބާޒާރުތަކަށް ފުރުސަތު ހޯދައިދީ، އާ ޚިޔާލުތައް ތަރައްގީ ކުރުމުގެ ފުރުސަތު ފަހި ކުރުމުގެ ގޮތުން، ބައިނަލްއަޤުވާމީ ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުރުން ކުރި އަރާފައިވާ ޤައުމުތަކުގެ އީޖާދީ މަސައްކަތްތައް ވެސް ދައްކާލެވޭ ގޮތަށެވެ.

ބީސީސީއިން ވިދާޅުވީ، އުފެއްދުންތެރިކަމާއި ފަންނުވެރިކަން ފުރިހަމައަށް ދައްކުވައިދޭނެ މައުރަޒަކަށް ހެދުމަށްޓަކައި ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ކުރިއަށްދާނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މާރިޗް މަހުގެ 31 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު