ENGLISH
10 އޭޕްރީލު 2025
ވީއޭއެމް ކަޕްގެ ފިރިހެން ޑިވިޝަނުގެ ކުޅުން ފަށަައިފި
17 ފެބްރުއަރީ 2025
|
މުބާރާތުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: އެމްއެމް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ ވީއޭއެމް ކަޕްގެ ފިރިހެން ޑިވިޝަނުގެ ޕްރެލިމިނަރީ ބުރުގެ މެޗުތައް ފަށައިފިއެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވް ސްޕޯޓް ކުލަބު އަތުން ޕޮލިސް ކުލަބު މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޕޮލިސް ކުލަބު ކާމިޔާބުކުރީ 25-12، 25-21، އަދި 25-19 އިންނެވެ.
ހަވީރު ކުޅުނު އަނެއް މެޗުގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ވަނީ ސީދާ ތިން ސެޓުން ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ދަޑިމަގު ސްޕޯޓްސް ގެންދިޔައީ، 25-08، 25-21 އަދި 25-13 އިންނެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ދަ ސަދަން ސްޕޯޓްސް ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބު މޮޅުވީ ވެސް ސީދާ ތިން ސެޓުންނެވެ.
ސަދަން ސްޕޯޓްސް ކުލަބުން ކޯރފީޓް ސްޕޯޓްސް ކުލަބު ބަލިކުރީ 25-05، 25-16، އަދި 25-10 އިންނެވެ.
ފްލެކްސަރ ސްޕޯޓްސް ކުލަބު އަތުން ހުރާ ކޮމިއުނިޓީ ކުލަބު މޮޅުވީ 25-20، 25-19 އަދި 25-13 އިންނެވެ.