ENGLISH

22 އޭޕްރީލު 2025

Advertisement

މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ އިޞްލާޙު ބާޠިލުކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށައިފި

17 ފެބްރުއަރީ 2025

|

މުރުޝިދު އަބްދުލް ޙަކީމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙަކީ ބާޠިލު އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުގައި މިއަދު ފަށައިފި އެވެ.

ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށައަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސެއިނެވެ. އެ މައްސަލައިގައި ޖަވާބު ދާރީވަމުން ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން ވަނީ އެ މައްސަލަ ހުށައަޅާފައިވާ ގޮތުން އެ ކޯޓަށް ނުބެލޭނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ހުސްވާ ގޮތަށް، ޤާނޫނު އަސާސީއަށް ގެނައި އިސްލާހް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ބަހުސް ކުރީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ފާހަގަކޮށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވެ އިޖުރާއީ އިއުތިރާޒާ ގުޅޭ ގޮތުންނެވެ.

ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ ބެންޗުން ބައްލަވާ މި މައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުގެ ވަކީލު ފާޠިމަތު ޙަލީމް ވިދާޅުވީ ގާނޫނު އަސާސީއަށް ގެނައި އެ އިސްލާހަކީ ޤާނޫނުއަސާސީގެ ބައެއް ކަމަށާއި، ޤާނޫނުއަސާސީއަށް އެ އިޞްލާޙު ގެނައުމުގައި އިޖުރާއީ މައްސަލައެއް ނެތުމުން އެ މައްސަލަ ބެއްލެވުމުގެ އިޚުތިޞާޞު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށެވެ. 

އަދި މި މައްސަލައަކީ ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙެއް އެ ޤާނޫނުއަސާސީގެ އެހެނިހެން މާއްދަތަކަކާ ޚިލާފުވެގެން ގެނައި އިޞްލާޙެއްކަން ފާހަގަކުރައްވައި ބަންޑާރަނައިބުގެ އޮފީހުން ފާހަގަކުރެއްވި އިޖުރާއީ ނުކުތާތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

މައްސަލަ ހުށައެޅުއްވި ފަރާތުގެ ޤާނޫނީ ވަކީލުންގެ ފަރާތުން ޤާނޫނީ ވަކީލު މަހްފޫޒު ސަޢީދު ވަނީ އެ މައްސައަކީ ސުޕްރީމް ކޯޓަށް ބެއްލެވޭނެ އެ ކޯޓުގެ އިޚުތިޞާޞު އެ މައްސަލައެއްގެ މައްޗަށް ހިނގާނެ މައްސަލައެއްކަމަށް ވިދާޅުވެ، ދައުލަތުގެ އިޖުރާއީ އިޢުތިރާޒު ބަލައިނުގަނެ އެ މައްސަލަ ކޯޓަށް ބެއްލެވޭނެކަމަށް ކަނޑައަޅައިދެއްވުމަށް އެދިވަޑައިގަންފައެވެ. 

އޭގެ އިތުރުން ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައިދޭން އެދުމާއެކު އެ އިސްލާހު މިހާރުގެ މަޖިލިސް މެންބަރުންނަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން ވެސް ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ. 

މި އަދުގެ އަޑުއެހުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމުން އަޑުއެހުން ނިންމަވައިލެއްވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަވާނެކަން އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާން އިޢުލާނުކުރެއްވުމަށްފަހުއެވެ. 

ކިޔުންތެރިންގެ ހިޔާލު