ENGLISH
10 އޭޕްރީލު 2025
ނޭމާގެ ފުރަތަމަ ގޯލާ އެކު ސަންޓޯސް އަށް މޮޅެއް
17 ފެބްރުއަރީ 2025
|
ސަންޓޯސްގެ ބްރެޒިލް ފޯވާޑް، ނޭމާ. --ފޮޓޯ: އޭޕީ
ބްރެޒިލްގެ ތަރި ނޭމާ އެނބުރި އައިސް ސަންޓޯސް އަށް ޖަހައިދިން ފުރަތަމަ ގޯލާއެކު އެ ޓީމު 3-1 ގެ ނަތީޖާއަކުން އަގުއާ ސަންޓާ އަތުން މޮޅުވެއްޖެއެވެ.
ސައޮ ޕައުލޯ އަށް ނިސްބަތްވާ، އަގުއާ ސަންޓާގެ ގޯލަށް ސަންޓޯސްގެ ފުރަތަމަ ލަނޑު، ނޭމާ ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.
ސަންޓޯސްގެ އަނެއް ދެލަނޑު ޖަހައިދިނީ ތަސިއާނޯ އާއި ގިލާމޭ އެވެ. މީގެތެރެއިން، އެއް ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ނޭމާ އެވެ.
ބާރަ އަހަރަށްފަހު، ސަންޓޯސް އަށް އެނބުރި އައިސް މިހާތަނަށް ކުޅުނު އެއްވެސް މެޗެއްގެ ފުރިހަމަ 90 މިނެޓުގައި ނޭމާ ކުޅެފައެއް ނުވެއެވެ. ސަންޓޯސް އަށް ކުޅުނު ފުރަތަމަ ތިން މެޗުގައި އެންމެ ރަނގަޅު ކުޅުން ދެއްކޭގޮތް ނުވި ނަމަވެސް، އިއްޔެގެ މެޗުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ނޭމާ ވަނީ ޕްރޮފެޝަނަލް ކެރިއަރު ފެށި ސަންޓޯސް އަށް 2009 އިން 2013 ގެ ނިޔަލަށް ކުޅެދިން 225 މެޗުގައި 138 ލަނޑު ޖަހައިފައެވެ.