ENGLISH
10 އޭޕްރީލު 2025
ޔުވެންޓަސް އަތުން ބަލިވެ އިންޓަރ ފުރުޞަތު ނަގާލައިފި
17 ފެބްރުއަރީ 2025
|
އިންޓަރއާ ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިޓާލިއަން ލީގުގައި ޔުވެންޓަސް އަތުން 1-0 އިން ބަލިވެ، އިންޓަރ މިލާނުން ތާވަލްގެ ކުރިއަށް ޖެހިލަން ލިބުނު ފުރުޞަތު ނަގާލައިފިއެވެ.
މި ނަތީޖާއާ އެކު، އެންމެ ކުރީގައި އުޅޭ ނަޕޯލީ 25 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އިންޓަރ އެވެ. ތިންވަނައިގައި އޮތް އެޓަލާންޓާ އަށް ލިބިފައިވަނީ 51 ޕޮއިންޓެވެ. ޔުވެންޓަސް ހަތަރު ވަނައިގައި އޮތީ 46 ޕޮއިންޓާ އެކު އެވެ.
ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭނުން ހިފޭ ގޮތެއް ނުވިއެވެ. އޭގެތެރޭގައި އިންޓަރގެ ޑިފެންޑަރު، ޑެންޒެލް ޑަމްފްރީސް ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވުން ފާހަގަކޮށްލެވެއެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފަހު ހާފުގައި ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ ޕޯޗުގީޒް ވިންގް، ފްރާންސިސްކޯ ކޮންސެސާއޯ އެވެ.
އޭގެފަހުން، ޔުވެންޓަސްގެ ލީޑު ފުޅާކޮށްދޭން ޓެއުން ކޫޕްމެއިނާސް ފޮނުވާލި ބޯޅަ އިންޓަރގެ ޑަމްފްރީސް ވަނީ ރޮނގުމަތީން ސަލާމަތްކޮށްފައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޕާމާގެ ދަނޑުގައި އެ ޓީމު އަތުން އޭއެސް ރޯމާ މޮޅުވީ 1-0 އިންނެވެ.