ENGLISH

22 އޭޕްރީލު 2025

Advertisement

ޓޫރިޒަމް މިނިސްޓަރު ޠާރިޤަށް މަޖިލީހުން ރުހުން ދެއްވައިފި

17 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓު ތޯރިގް އިބްރާހީމް (ފޮޓޯ/ ރައީސް އޮފީސް)

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލެއްވުމަށްފަހު، އެ މިނިސްޓްރީގެ ވަޒީރަކަށް އައްޔަނުކުރެއްވި ތާރިޤު އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފި އެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ މަގާމަށް އައްޔަނުކުރައްވާފައިވާ ތާރިގަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

އެ މައްސަލަ ދިރާސާކުރެއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް، މުޅި މަޖިލީހުން ވެސް ނިންމީ ތޯރިގަށް ރުހުންދެއްވުމަށެވެ. އެގޮތަށް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ވޯޓާ އެކު އެވެ. 

ދެ މިނިސްޓްރީ އެއްކޮށްލުމަށްފަހު، މިނިސްޓަރަކަށް ތާރިޤު އައްޔަނުކުރައްވާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު