ENGLISH

22 އޭޕްރީލު 2025

Advertisement

އޭސީސީގެ ނައިބަކަށް އަބްދުﷲ ނާޝިދު އައްޔަނުކުރަން ރުހުން ދެއްވައިފި

17 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ޢަބްދުﷲ ނާޝިދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސްކަމުގެ މަޤާމަށް އެ ކޮމިޝަންގެ މެމްބަރު އަބްދުﷲ ނާޝިދު އައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފި އެވެ.

އޭސީސގެ ނައިބަކަށް އަބްދުﷲ ނާޝިދު އައްޔަނުކުރެއްވުމުގެ މައްސަލަ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އެއީ މީގެކުރިން މަޖިލީހުން ރުހުން ދެއްވާފައިވާ ބޭފުޅަކަށްވާތީ އެ މައްސަލަ ދިރާސާކުރެއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމެވީ، އިތުރު އިންޓަވިއުއަކާ ނުލައި ނާޝިދަށް ރުހުން ދެއްވުމަށެވެ. އެގޮތަށް ކޮމިޓީން ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކޮމިޓީ ރިޕޯޓު ހުށަހަޅައި ނެގުނު ވޯޓުގައި އޭސީސީގެ ނައިބު ރައީސަކަށް އަބްދުﷲ ނާޝިދު އައްޔަނުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 69 މެމްބަރުން ނެވެ. 

އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން ޙާޞިލްކުރައްވާފައިވާ ޢަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. .

އަބްދުﷲ ނާޝިދުގެ އިތުރުން ދެން އޭސީސީގައި ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއާއި، މެމްބަރު އަހުމަދު ނާޝިދާއި، ޝަޒްނާ ހާޝިމްގެ އިތުރުން ޝިޔާމާ މުހައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު