ENGLISH

22 އޭޕްރީލު 2025

Advertisement

ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މައްޗަށް މަލްޓިލޭޓަރަލް ސިސްޓަމް ހިންގުމުގައި ބަރޯސާވާން ޖެހޭ: މިނިސްޓަރ ޚަލީލް

17 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި މިނިސްޓަރ ޚަލީލް ވާހަކަދައްކަވަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ

ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މައްޗަށް މަލްޓިލޭޓަރަލް ސިސްޓަމް ހިންގުމުގައި ބަރޯސާވާން ޖެހޭކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ އޮމާންގެ ވެރިރަށް މަސްކެޓްގައި ކުރިޔަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

މި ކޮންފެރެންސްގެ "އެމްޕްލިފައިންގ ދަ ވޮއިސް އޮފް ގްލޯބަލް ސައުތު" ޕްލިނަރީގައި މިނިސްޓަރ އަބްދުﷲ ޚަލީލް ދެއްވި ތަޤްރީރުގައި، ބައިނަލްއަޤްވާމީ ނިޒާމު އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގޮވާލެއްވުންތައް ތަކުރާރުކުރައްވާ މިނިސްޓަރ ވިދާޅުވީ، ބައިނަލްއަޤްވާމީ ނިޒާމުން ނިންމާ ނިންމުންތައް ނިންމުމުގައި ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް، އިސް ދައުރެއް ދިނުމަކީ މުހިންމު ކަމެއް، ކަމަށެވެ. އެގޮތުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕާމަނަންޓް ރޮޓޭޓިންގ ސީޓެއް ހަމަޖެއްސުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

ހަމައެހެންމެ އެ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމަށްޓަކައި، ވީޓޯ ކުރުމުގެ ބާރު އުވާލާ، ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ އައު ގޮންޖެހުންތަކަށް އިސްކަންދިނުމަށް ވެސް މިނިސްޓަރ ގޮވާލައްވާފައިވެއެވެ.

މީގެ އިތުރުން، އިންޑިއާ ކަނޑުގައި ދިވެހި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ލިބިގެންދާ ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގާނޫނާ ޚިލާފަށް ކަނޑު މަތީގައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލެއްވިއެވެ. އަދި އެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވިލުންތެރި ދިވެހިރާއްޖެއެއް ޤާއިމުކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވި އެވެ. ސައުތު-ސައުތު ކޯޕަރޭޝަން އިތުރަށް ވަރުގަދަކުރުމަކީ މުހިންމުކަމެއް ކަމަށް މިނިސްޓަރުގެ ތަޤްރީރުގައި ފާހަގަކުރެއްވިއެވެ.

އިންޑިއަން އޯޝަން ކޮންފަރެންސްގައި މިނިސްޓަރގެ އިތުރުން ގިނަ ޤައުމުތަކެއްގެ ފޮރިން މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ކޮންފެރެންސްއަކީ އިންޑިއާ ކަނޑުގެ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް އޮފިޝަލުންނާއި، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ފަރާތްތަކާއި، ސްކޮލާސް އަދި ތަޖުރިބާކާރުންގެ ބައިވެރިވުން ހިމެނޭހެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މި ކޮންފެރެންސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. 

ކިޔުންތެރިންގެ ހިޔާލު