ENGLISH

22 އޭޕްރީލު 2025

Advertisement

ސިފަ ބަދަލުކޮށްގެން ވައްކަންކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

16 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ރޭ ދަންވަރުގެ ވަގުތެއްގައި ސިފަ ބަދަލުކޮށްގެން ތިބެ ވައްކަންކުރަން އުޅުނު ދެ މީހަކު މާލޭ މަގުމަތިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ސިފަ ބަދަލުކޮށްގެން ތިބެ ވައްކަންކުރަން އުޅުނުކަމުގެ ތުހުމަތުގައި، ރޭ 2:39 ހާއިރު، މާވެޔޮ މަގު ކަންމަތީގައި އުޅުނު ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ.  އަދި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރުވެސް ތިބީ އަންހެން ހެދުން އަޅައިގެންކަމަށް ފުލުހުން މަޢުލޫމާތުދެއްވިއެވެ.

ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ، ލިލީގެ، މުހައްމަދު ސަބާހް، 46 އާއި ނ. މިލަންދޫ، ސޯސަންގެ، މުހައްމަދު ނައުޝާދު، 42 އެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ. ފުލުހުން ދަނީ، މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު