ENGLISH

10 އޭޕްރީލު 2025

Advertisement

ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގެ ޕްރެލިމިނަރީ ބުރު ފަށަައިފި

16 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: އެމްއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގެ ޕްރެލިމިނަރީ ބުރުގެ މެޗުތައް އިއްޔެ ފަށައިފިއެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ފްލެކްސަރ ސްޕޯޓްސް ކުލަބު އަތުން 3-2 ސެޓުން ސިޓީ ފްރެންޑްސް ކުލަބް މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ސިޓީ ފްރެންޑްސް ގެންދިޔައީ 22-25، 25-20، އާއި 19-25 25-21 އަދި 16-14 އިންނެވެ.

ހަވީރު ކުޅުނު އަނެއް މެޗުގައި ގުޑީސް ސްޕޯޓްސް ކުލަބުން ވަނީ ސީދާ ތިން ސެޓުން ވޮލީބޯލް އެކަޑެމީ ބަލިކޮށްފައެވެ. ގުޑީސް މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-11، 25-8 އަދި 25-21 އިންނެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން އަސްދިގާ ސްޕޯޓްސް ކުލަބާއި ހުރާ ކޮމިއުނިޓީ ކުލަބު މޮޅުވީ ސީދާ ތިން ސެޓުންނެވެ. އަސްދިގާ ސްޕޯޓްސް ވަނީ 25-15، 25-16 އަދި 25-22 އިން ކުލަބު ހާފް ލައިން ލިންކޭޖް ބަލިކޮށްފައެވެ. 

ފޭސް ޓޫ ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަތުން ހުރާ ކޮމިއުނިޓީ ކުލަބު މޮޅުވީ 25-10، 25-16 އަދި 25-13 އިންނެވެ.

މި އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޕްރެލިމިނަރީ ބުރުގައި ބައިވެރިވެފައިވަނީ 15 ޓީމެވެ. މި ޓީމުތައް ފަސް ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ޓީމުގެ އިތުރުން ގްރޫޕްތަކުގެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެވަނަ ޓީމުތަކުގެ ތެރެއިން ތިން ޓީމެއް ގަދަ 8 ޓީމުގެ ބުރަށް ދަތުރުކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު