ENGLISH

10 އޭޕްރީލު 2025

Advertisement

ނަޕޯލީ އާއި އެޓަލާންޓާ އަށް މޮޅެއް ނުވެވުނު، މިލާނަށް މުހިއްމު މޮޅެއް

16 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ނަޕޯލީއާ ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން ނަޕޯލީ އާއި އެޓަލާންޓާ އެއްވަރުވިއިރު، އޭސީ މިލާން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ލާޒިއޯގެ ދަނޑުގައި އެ ޓީމާ 2-2 އިން ނަޕޯލީ އެއްވަރުވިއިރު، އެޓަލާންޓާ އާއި ކަލިއާރީ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. 

މެޗު ފެށިތާ ކުރީކޮޅު، ގުސްޓާވް އިސަކްސެންގެ ގޯލުން ލާޒިއޯ ލީޑު ނަގާފައިވަނިކޮށް، ނަޕޯލީ އަށް އެއްވަރުކޮށްދިނީ ޖިއަކޮމޯ ރަސްޕަޑޯރީ އެވެ. އޭގެފަހުން، ފަހު ހާފުގެ މެދަކާ ހިސާބުން ޖެހި ބޯޅައެއް ލާޒިއޯގެ އެޑަމް މަރުސިޗް އަތުން ބައިކޮޅަށް ވަނުމާއެކު ނަޕޯލީން ލީޑު ނެގިއެވެ.

މި ނަތީޖާގައި އޮވެ، މެޗު ނިމެންދަނިކޮށް، ބޫލަޔޭ ޑިއާގެ ގޯލުން ލާޒިއޯ އިން ވަނީ އެއްވަރުކޮށްފައެވެ.

ލީގު ރޭހުގައި ވާދަކުރަމުން އަންނަ އެޓަލާންޓާގެ ދަނޑުގައި ކަލިއާރީއާ ދެކޮޅަށް އެޓަލާންޓާ ކުޅުނު މެޗުގައި ލަނޑެއް ނުޖެހި އެއްވަރުވިއިރު، ގޯލްޖަހާނެ އެކަށީގެންވާ ފުރުޞަތުތަކެއް ވެސް އެޓަލާންޓާ އަށް ތަނަވަސްނުކުރެވުނެވެ. އެ ޓީމަށް މުޅި މެޗުގައި ވެސް ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ދެ ބޯޅަ އެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ނަޕޯލީ އެވެ. އެ ޓީމަށް 25 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން ދެ ޕޮއިންޓް މަދުން ލިބިގެން ދެވަނައިގައި އޮތީ އިންޓަރ މިލާނެވެ. އެ ޓީމަށް ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްގެން އެއްވަނަ އަށް އެރޭނެ އެވެ. ތިން ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އެޓަލާންޓާ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި މިލާންގެ ދަނޑުގައި އެ ޓީމު ވަނީ 1-0 އިން ހެލާސް ވެރޯނާ ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މިލާނަށް ކާމިޔާބުކޮށްދިނީ މެކްސިކޯގެ ފޯވާޑް، ސަންޓިއާގޯ ހިމެނޭޒް އެވެ.

ކިޔުންތެރިންގެ ހިޔާލު