ENGLISH
22 އޭޕްރީލު 2025
އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފި
16 ފެބްރުއަރީ 2025
|
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާ ތަކެއްޗާއެކު މީހަކު ހައެްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު، ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ / މާލެ، މުޙައްމަދު ކިޔާން އަޙްމަދު ނާޠިމް، 19 އަހަރު ކަމަށެވެ. މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަން އެއް ކިލޯއަށްވުރެ ގިނަކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓުގެ އެހީތެރިކަމާއެކު ގޭންގު ކްރައިމް އެންފޯސްމަންޓުގެ ފުލުހުންނެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.