ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސްގެ ތަސައްވުރާ އެއްގޮތަށް ކާބޯތަކެތީގެ މިނިވަންކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް: ޑރ މާރިޔާ

16 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާއި އެއްގޮތަށް، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަކީ އެންމެ މުހިންމު އެއް އަމާޒުކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ކާބޯތަކެތި ހޯދުމުގައި ބޭރު ޤައުމުތަކުގެ މައްޗަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމަކީ ވަރަށް ފުން މާނައެއް އެކުލެވިގެންވާ ޙަޤީޤަތެއް ކަމަށެވެ. 

މީގެ އިތުރުން، ދިވެހި މުޖުތަމަޢުއަށް ބަލާއިރު، އިހުޒަމާނުންސުރެ ދިވެހިން ދިރިއުޅެމުން އައީ އަމިއްލަ ފުދުންތެރިކަމުގެ މައްޗަށް ކަމަށާއި ކޮންމެ ރަށެއްގައި ވެސް އޮންނަ ދަނޑުބިންތަކާއި، ކަނޑުގެ މުއްސަނދިކަމާއި، ގޯތިތެރޭގައި ހައްދާ ތަފާތު ބާވަތްތަކުގެ މޭވާ އާއި ތަރުކާރީއަކީ މީގެ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ މިމަހުގެ 12 އިން 13 އަށް، އިޓަލީގެ ރޯމްގައި ކުރިޔަށްދިޔަ އިންޓަރނޭޝަނަލް ފަންޑު ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ 48 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މި ބައްދަލުވުމުގައި ދަނޑުވެރިކަމާއި ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން، ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު