ENGLISH

22 އޭޕްރީލު 2025

Advertisement

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

16 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.  

ފުލުހުން ވިދާޅުވީ، ބަންދުގައި ބަހައެްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރާއި ގުޅިގެން ހޯދަމުންދަނީ، ޒައިދާން މުޙައްމަދު ހާޝިމް، ގ. ސިނަމާލެ 1، 05-13 / މާލެ (28އ) އެވެ.

މީގެ އިތުރުން ފުލުހުން ހާމަކުރެއްވިގޮތުގައި، ޒައިދާން މުޙައްމަދު ހާޝިމް ހޯދަމުންދަނީ އޭނާގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެންކަމަށެވެ. އަދި ބަންދުގައި ބަހައްޓައިގެން 2025 ފެބްރުވަރީ 20 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށްއެދި ފުލުހުންގެ މައްޗަށްއަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

ޒައިދާން މުޙައްމަދު ހާޝިމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އާންމުގެ އެހީތެރިކަމަށް ފުލުހުންވަނީ އެދިފައެވެ. ފުލުހުން ވިދާޅުވީ، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު