ENGLISH

22 އޭޕްރީލު 2025

Advertisement

ފަތުރުވެރިކަމާއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ތުރުކީއާއެކު މަޝްވަރާކޮށްފި

16 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ ފަތުރުވެރިކަމާއި ސަގާފަތާ ބެހޭ ވަޒީރު މެހެމަތު ނޫރީ އެރްސޯއީއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ފަތުރުވެރިކަމާއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރަށްވައިފިއެވެ.  

ތުރުކީގެ ފަތުރުވެރިކަމާއި ސަގާފަތާ ބެހޭ ވަޒީރު މެހެމަތު ނޫރީ އެރްސޯއީއާއިއެކު މި ބައްދަލުވުމުން ބާއްވާފައިވަނީ އަންކާރާގައި ހުންނަ ތުރުކީގެ ފަތުރުވެރިކަމާއި ސަގާފަތާ ބެހޭ ވުޒާރާގައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުތައް ކުރާ މިންވަރު އިތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކަށް ވަނީ އަލިއަޅުއްވާލާފައެވެ.

މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ތުރުކިީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، ޢަބްދުލްވާރިޘް ސަޢީދު އާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އިސްމާއީލް ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު