ENGLISH

07 ޖުލައި 2025

Advertisement

އެމްޓީސީސީގެ ސީއޯއޯގެ މަޤާމަށް ސިނާނު ޢައްޔަންކުރައްވައިފި

16 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

އެމްޓީސީސީގެ ސީއީއޯގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ސިނާން ޢަލީ، ފޮޓޯ: މިހާރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަޤާމަށް އެ ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގައި ހުންނެވި ސިނާން ޢަލީ ޢައްޔަނުކުރައްވައިފިއެވެ. 

މީގެ ހަފުތާއެއްހައި ދުވަސް ކުރިން އޭނާ އެ މަޤާމަށް ޢައްޔަންކޮށްފައިވާއިރު، އޭނާއަކީ ފާއިތުވި ސަރުކާރުން ފެށިގެން އެމްޓީސީސީގެ ޑައިރެކްޓަރުންގެ ބޯޑުގެ މެންބަރެކެވެ. 2019 ވަނަ އަހަރުން ފެށިގެން ބޯޑުގައި ސިނާނު އިންނަވައެވެ. 

މި މަހުގެ ހަވަނަަ ދުވަހުން ފެށިގެން ސިނާނު ބޯޑުން ވަކިވެ ކުންފުނީގެ ސީއޯއޯގެ މަޤާމަށް ވަޑައިގެންފައިވާއިރު ސިނާނަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށްވެސް އެމްޓީސީސީގެ ބޯޑުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. 

އޭގެ ކުރިން އޭނާވަނީ ސްޓެލްކޯގެ ޗެއާމަންގެ މަޤާމު އަދާކުރައްވައި 2016 ވަނަ އަހަރުން 2018 ވަނަ އަހަރަށް ޤަައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައެވެ. 

ސިނާނަކީ އިނގިރޭސިވިލާތުގެ އެންޖެލާ ރަސްކިން ޔުނިވަސިޓީން މާސްޓާސް ޑިގުރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނޫސްވެރިކަމުގެ ދާއިރާގައި 25 އަހަރު މަސައްކަތްކުރައްވައި އެ ދާއިރާއިން ޤައުމީ އިނާމުވެސް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. 

އޭނާވަނީ "މިއަދު" ނޫހާއި "ހަވީރު" ނޫހުގައި މަސައްކަތްކުރައްވައި ސަން ޓީވީގެ ސީއީއޯގެ މަޤާމުވެސް އަދާކުރައްވާފައެވެ. އޭނާގެ އަމިއްލަ ނޫހެއްކަމަށްވާ "ވަންއޮންލައިން"ވެސް ސިނާނު ހިންގަވައެވެ. 

ކިޔުންތެރިންގެ ހިޔާލު