ENGLISH

07 ޖުލައި 2025

Advertisement

މި ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރާނީ ޒުވާން ހާފިޒުން

16 ފެބްރުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މިއަހަރުގެ ރަމަޟާންމަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ތަރާވީހު ނަމާދު ކުރާނީ ޒުވާން ޚަތީބުންގެ ޓީމަކުންކަމަށް ކަނޑައަޅަފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭ ވިދާޅުވިގޮތުގައި، އިސްލާމީ މަރުކަޒުގައި ތަރާވީޙް ނަމާދު ކުރާނީ އެ މަރުކަޒުގެ އިމާމު ހާފިޒު ސަލްމާން މުހައްމަދު ލަތީފާއި ހާފިޒު އުވައިސް ބިން އިނާޒާއި ޚިޟްރު ބިން އިމާދުގެ އިތުރުން ހާފިޒު ސުލްތާން މުހައްމަދު ލަތީފެވެ.

އޭގެ ތެރެއިން ސުލްތާން މުހައްމަދު ލަތީފު، ތަރާވީޙް ނަމާދު އިމާމުވެ ކުރައްވަން ގުޅޭނީ ރޯދަމަހުގެ ފަހު 10 ގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ފަހު 10 ގައި ދަމު ނަމާދު އިމާމުވެ، ކުރައްވާނީ ސަލްމާން މުހައްމަދު ލަތީފާއި ސުލްތާން މުހައްމަދު ލަތީފު ކަމަށެވެ. އެއީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފުގެ ދެ ބޭފުޅުންނެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އަމާޒަކީ މުސްތަޤުބަލަށް މި ޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން ނެރުން ކަމަށެވެ. ސުލްތާން އަކީ މަދީނާގައި ކިޔަވާ ދަރިވަރެކެވެ. މިދިޔަ އަހަރުވެސް މަރުކަޒުގައި އިމާމުވެ ތަރާވީސް ކުރީ ސުލްތާނާއި ސަލްމާނެވެ.

ކިޔުންތެރިންގެ ހިޔާލު