ENGLISH

22 އޭޕްރީލު 2025

Advertisement

ކެފޭއަކަށް ސިޙުރު ހެދިކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް ބަންދުކޮށްފި

15 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ތި.ވިލިފުށި، ފޮޓޯ: ޕީއެސްއެމް

ކޮޅުމަޑުލު ވިލިފުށީގައި ހުންނަ ކެފޭއަކަށް ސިޙުރު ހެދިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު 15 ދުވަަހަށް ބަންދުކުރަން ކޯޓުން އަމުރުކުރައްވައިފިއެވެ. 

ފުލުހުން މީޑިޔާއަށް މަޢުލޫމާތު ދެއްވި ގޮތުގައި ވިލިފުށީ ކެފޭއަކަށް މީހަކު ސިޙުރު ހަދާކަމަށް ބުނެ މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައެވެ. 

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ވިލިފުށީ ރޭނިގޭ މުޙައްމަދު ޢަބްދުލްޤާދިރު ނަމަކަށް ކިޔާ ޢުމުރުން 69 އަހަރުގެ ފިރިހެނެކެވެ. 

ސިޙުރު ހެދުމުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމާފައިވަނީ 15 ދުވަހުގެ މުހުލަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ. 

މި މައްސަލައާ ގުޅޭ  އިތުރު ތަފުޞީލެއް ފުލުހުން މިހާތަނަށް ހާމަނުކުރައްވައެވެ. 

ދޭތެރެ ދޭތެރެއިން މިފަދަ ބައެއް މައްސަލަތަައް ފެންމަތިވެ ފުލުހުންގެ ޚިދުމަތުން އެފަދަ މައްސަލަތައް އަންނަނީ ތަޙުޤީޤުކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު