ENGLISH
22 އޭޕްރީލު 2025
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތު ނަމޫނާއަކަށް ބަލަންޖެހޭ: އާދަމް ޝަރީފު
15 ފެބްރުއަރީ 2025
|
ސިޓީސް ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު، ފޮޓޯ: ފަރުދުން
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރައްވައި ލޯކަލް ކައުންސިލުތައް މާލީ ގޮތުން ބާރުވެރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ނަމޫނާއެއްކަމަށް ހުރިހާ މުއައްސަސާތަކަކުން ބައްލަވަންޖެހޭކަމަަށް ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށާއި، ރައްޔިތުން ބޭނުންވާ ގޮތް ދެނެގަތުމަށްފަހު، އެކަންކަމަށް ރިޢާޔަތްކޮށްގެން ކަަންކަން ކުރުމަށް މަގުފަހިކޮށްދޭ ނިޒާމެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންގެ ޚިޔާލާއި ބޭނުންތަކަށް ރިޢާޔަތްކޮށްގެން ކަންކަން ހިންގުމަށް މަގުފަހިކުރާ ނިޒާމަކަށްވާއިރު އެ ނިޒާމުގެ ސަބަބުން ތަރައްޤީއާއި ތަހުޒީބަށް މަގުފަހިވާންޖެހޭނެ ކަމަށެވެ.
އަދި ސިޔާސީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ޚިޔާލު ތަފާތުވުމެއް އޮތުމަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރަސްއެޅޭ ކަމަކަށް ވެގެންނުވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ޙަޤީޤީ މަންފާ ޤައުމަށާއި ރައްޔިތުންނަށް ލިބޭނީ ސިޔާސީ ފިކުރުގެ ތަފާތުގެ ސަބަބުން ރައްޔިތުންނަަށް ދޭ ޚިދުމަތަށް ހުރަސްނޭޅޭނަމަ ކަމަށެވެ.
އަދި މިނިސްޓަރު ވިދާޅުވި ގޮތުގައި އުންމީދަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރައްވައި ލޯކަލް ކައުންސިލުތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ތަންފީޒުކުރައްވާ ރަނގަޅު ސިޔާސަތުތައް ނަމޫނާއެއްކަމަށް ބައްލަވައިގެން ހުރިހާ ހުރިހާ މުއައްސަސާތަަކުން، އެގޮތަށް ބަހާއި ޢަމަލުތައް ބެހެއްޓެވުން ކަމަަށެވެ.