ENGLISH

11 އޭޕްރީލު 2025

Advertisement

ޓީސީ އާއި އޮޑި ސްޕޯޓް ކުލަބަށް މޮޅެއް

15 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ޓީސީއާ ސަސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އެމްއެމް

ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން، ޓީސީ ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި މިދިޔަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ދެ ޓީމުގެ ކުރިމަތިލުމުގައި ޓީސީ ވަނީ 3-1 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފައެވެ.

ރޭގެ މެޗުގައި ޓީސީގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ލޫތު ހުސައިން، ޝަހުދާން އަބްދުލް ޣަނީ އާއި އަލީ އައިހަމް އެވެ. ސަސްގެ ހަމައެކަނި ލަނޑުޖެހީ މުޙައްމަދު އިޒާން އަލީ އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ވިކްޓްރީ ސްޕޯޓްސް ކުލަބު އަތުން އޮޑި ސްޕޯޓް ކުލަބު މޮޅުވީ ވެސް 3-1 އިންނެވެ.

އޮޑި ސްޕޯޓްސް ކުލަބުގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ނާއިޝް އަހުމަދު ވަޙީދު އާއި އަހުމަދު ރުވާޢު އެވެ. ވިކްޓްރީގެ ހަމައެކަނި ލަނޑުޖެހީ ޝާމިން އިބްރާހިމް ރަމީޒް އެވެ.

ކިޔުންތެރިންގެ ހިޔާލު