ENGLISH

10 އޭޕްރީލު 2025

Advertisement

ޓްރައި-ސީރީޒް ނިއު ޒީލެންޑް ކާމިޔާބުކޮށްފި

15 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ނިއު ޒީލަންޑްގެ ކުޅުންތެރިން ޓްރައި-ސިރީޒްގެ ޓްރޮފީ އާއެކު. --ފޮޓޯ: ޕާކިސްތާން ކްރިކެޓް ބޯޑް

ޕާކިސްތާން އަތުން ފަސް ވިކެޓުން ހޯދި މޮޅާއެކު، އެއް ދުވަހުގެ ބައިނަލްއަގުވާމީ ޓްރައި-ސީރީޒް ނިއު ޒީލަންޑް ކާމިޔާބުކޮށްފިއެވެ. 

ނިއު ޒީލަންޑް، މި ސީރީޒް ކާމިޔާބުކުރީ ސައްތައިން ސައްތައިގެ ރެކޯޑަކާ އެކު އެވެ. އެ ޓީމު ވަނީ މުޅިއެކު ތިން މެޗު ކާމިޔާބުކޮށްފައެވެ. 

ކަރާޗީގައި ހުންނަ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގައި ޓޮސް ދިމާވުމުން ޕާކިސްތާން ކުޅެންއަރައި، 49.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 242 ލަނޑަށެވެ.

ފުރަތަމަ އިނިންގްސްގައި ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން، މުޙައްމަދު ރިޒުވާން އާއި ސަލްމާން އަގާ އެވެ. ކެޕްޓަން، މުޙައްމަދު ރިޒުވާން 46 ލަނޑު ހެދިއިރު، ސަލްމާން އަގާ ވަނީ 45 ލަނޑު ހަދައިފައެވެ. ނިއު ޒީލަންޑުން އެންމެ ރަނގަޅަށް އުކި ވިލް އޯ'ރޯކޭ ހަތަރު ވިކެޓް ނެގިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.

ނިއު ޒީލަންޑުން ކުޅެން އަރައި، ބާކީ 28 ބޯޅަ އޮއްވައި، 45.2 އޯވަރުގެ ތެރޭގައި މޮޅުވެގެން ފޭބީ ފަސް ވިކެޓަށް 243 ލަނޑު ހަދައިގެންނެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ބައިސައްތަ ހެދި ޑަރީލް މިޗޭލް އާއި ޓޮމް ލޭތަމް އެވެ. ޑަރީލް މިޗޭލް ވަނީ 58 ބޯޅައިން 57 ލަނޑު ހަދައިފައެވެ. ޓޮމް ލޭތަމް ނުބައިވީ 56 ލަނޑަށެވެ.

އެއް ދުވަހުގެ ބައިނަލްއަގުވާމީ ޓްރައި-ސީރީޒްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕާކިސްތާންގެ ބެޓްސްމަން، ސަލްމާން އަގާ އެވެ. އޭނާ ވަނީ ހުރިހާ މެޗެއްގައި މުޅިއެކު 219 ލަނޑުހަދައި، އެއް ވިކެޓް ނަގައިފައެވެ.

މި ޓްރައި-ސީރީޒްގައި ޕާކިސްތާނާއި ނިއު ޒީލަންޑްގެ އިތުރުން ދެން ކުޅުނީ ދެކުނު އެފްރިކާ އެވެ.

ކިޔުންތެރިންގެ ހިޔާލު