ENGLISH
22 އޭޕްރީލު 2025
މިއަދަކީ މަސްވެރިންނަށް ބޮޑު ދުވަހެއް، ކިރުވި މަހަށް 7.65 މިލިއަން ރުފިޔާ ޖަމާކޮށްދީފި
14 ފެބްރުއަރީ 2025
|
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން: އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިންނަށް އަންނަނީ ޤަވާއިދުން ފައިސާ ދޫކުރަމުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިންނަށް ޤަވާއިދުން ދޫކުރަމުން އަންނަ ފައިސާގެ ތެރެއިން މަސްވެރިކަން ކުރާ 48 ދޯންޏަކަށް 7.65 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާކަމަށް މިފްކޯއިން މިއަދު ވިދާޅުވެއްޖެއެވެ.
މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ޖަމާކޮށްދީފައިވާކަން ހާމަކުރައްވަމުން މިފްކޯއިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ މަސްވެރިންނަށް "ބޮޑު ދުވަހެއް" ކަމަށެވެ.
މިފްކޯގެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި މިއަދު ހެނދުނު 10:30 އިން 12:30 އާއި ދެމެދު މަސްވެރިކަން ކުރާ 48 ދޯންޏަކަށް 7.65 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވެއެވެ. އެއީ، މިދިޔަ ބުދަ ދުވަހު މަސްވެރިން ކިރާފައިވާ މަހަށްވާ ފައިސާކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
މިފްކޯއިން ވިދާޅުވީ މަސްވެރިންނަށް ލިބެންޖެހޭ ބާކީ ފައިސާ، ދެން އެންމެ އަވަހަށް ބޭންކް ހުޅުވޭ ދުވަހުގެ ހަވީރު 4:30 ގެ ކުރިން ޖަމާކުރާނެކަމަށެވެ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ ކޮންމެ ދެ ދުވަހަކުން މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޫކުރަމުންނެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖަނަވަރީ މަހު ވަނީ 8324 ޓަނުގެ މަސް ކިރުވައިފައެވެ. އެއީ މަސްވެރިކަމުގެ ފަހުގެ ތާރީޚެއްގައި އެއްމަހެއްގެ ތެރޭ އެންމެ ގިނަ މަސް ކިރުވި މަހެވެ.