ENGLISH

22 އޭޕްރީލު 2025

Advertisement

ރަސްފަންނާއި ސަލްޓަން ޕާކަށް އަލުން އާރޯކަން ގެނެސްދޭނަން: ރައީސް

14 ފެބްރުއަރީ 2025

|

ހަސަން އާމިރު

ރަސްފަންނަށް ރައީސް މިއަދު ވަޑައިގެން އެ ތަނުގައި ތިބި ބައެއް މީހުންނާ ބައްދަލު ކުރައްވަނީ.

ވީރާނާވަމުންދާ ރަސްފަންނާއި ސަލްޓަން ޕާކަށް އަލުން އާރޯކަން ގެނެސްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްފަންނާއި ސަލްޓަން ޕާކަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތަކަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ދެ ތަނުގެ ހާލަތު ފެނިފައި ހިތާމަ ކުރައްވާ ކަމަށާއި އެ ދެތަން ވެސް ދަނީ ވީރާނާވަމުން ކަމަށެވެ. 

ހައުސިން މިނިސްޓަރުގެ މަޤާމުގައި ރައީސް ޑޮކްޓަރ މުޢިއްޒު ހުންނެވި ދުވަސްވަރު ތަރައްޤީކުރެއްވި ރަސްފަންނާއި ސަލްޓަން ޕާކަކީ ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދެއްވާނެ ކަމަށެވެ. އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަމުގެ ޔަޤީންކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ރައީސް ވަނީ ދެއްވައިފައެވެ.

ރަސްފަންނާއި ސަލްޓަން ޕާކުގެ އިތުރުން ރައީސްގެ ހައުސިން މިނިސްޓަރުކަމުގައި ތަރައްޤީ ކުރި ސުނާމީ ބިނާ ސަަރަހައްދު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެތަންތަން ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދަނީ މަލޭ ސިޓީ ކައުންސިލުންނެވެ. 

ކިޔުންތެރިންގެ ހިޔާލު
16 ފެބްރުއަރީ 2025

ޫޫއުބުޓޭ ·

ހެޔޮ. ބުޅާތައް ގެންގޮސްބަލަ