ENGLISH
22 އޭޕްރީލު 2025
ހަތް ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރައްވައިފި
14 ފެބްރުއަރީ 2025
|
ފަނޑިޔާރުން ޢައްޔަނުކުރެއްވުމަށް ޖޭއެސްސީގައި ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޖޭއެސްސީ
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން، ދިވެހިރާއްޖޭގެ ހަތް ރަށެއްގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރައްވައިފިއެވެ.
ޖޭއެސްސީ އިން އިއްޔެ އާއްމުކުރެއްވި ސަރކިއުލަރގައި ވިދާޅުވެފައިވަނީ ޢައްޔަނުކުރެއްވި ފަނޑިޔާރުން، މަޤާމުގެ ހުވާކުރައްވައި އަދި އެ މަޤާމުގެ ފަތްކޮޅު އިއްޔެ އެބޭފުޅުންނަށް އަރުއްވާފައިވާ ކަމަށެވެ.
ފަނޑިޔާރުން ޢައްޔަނުކުރެއްވީ ހއ. ބާރަށް، ބ. ކެންދޫ، ބ. ތުޅާދޫ، ކ. މާފުށި، ކ. ކާށިދޫ، ލ. މާވަށް އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
ރަށްތަކަށް ޢައްޔަނުކުރެއްވި ފަނޑިޔާރުން:
1- ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ހއ.ބާރަށް / ރޭސަމް، އަލްއުސްތާޛު ޢަބްދުﷲ ޖައިލަމް
2- ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ބ.ކެންދޫ / ސައްކެޔޮގެ، އަލްއުސްތާޛު ޖިނާން ޢަބްދުﷲ
3- ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ލ.މާވަށް / އެންދެރިމާގެ، އަލްއުސްތާޛު އިސްމާޢިލް މާހިރު
4- ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ކ. މާފުށި / ޝާހީ، އަލްއުސްތާޛާ ޝިފްނާ އަޙްމަދު ޞާދިޤު
5- ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ފ. ދަރަނބޫދޫ / ރޯޝަނީގެ، އަލްއުސްތާޛު ޢަލީ އިސްމާޢީލް
6- ލ. މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ލ.ގަން / ފަޒާ، އަލްއުސްތާޛު އަޙްމަދު ޝާފީ
7- ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ގދ. ގައްދޫ / ޔެލޯސީ، އަލްއުސްތާޛު އަޙްމަދު ޢަވްފު ޢަބްދުއްޞަމަދު