ENGLISH

22 އޭޕްރީލު 2025

Advertisement

ފަސް ވަޒީރުންނާ އެކު ބާއްވާ "އަހާ" ފޯރަމް މާދަމާރޭ

14 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ފަސް ވަޒީރުންނާ އެކު "އަހާ" ފޯރަމްގެ މާދަމާ ރޭ ބާއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވައިފިއެވެ.

ޕަބްލިކސް ސާވިސް މީޑިއާ (ޕީއެސްއެމް) ވަގުތުން ގެނެސްދޭ މި ފޯރަމް ފަށާނީ މާދަމާ ރޭ 9 ޖަހާއިރުއެވެ. 

"އަހާ" ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ފޯރަމެކެވެ. މިގޮތުން "އަހާ" ގެ ފުރަތަމަ ފޯރަމް ބެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އަހާގެ ދެވަނަ ފޯރަމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. 

މާދަމާރޭގެ ފޯރަމްގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވެވަޑެއިގަންނަވާނީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު އަދި ޓޫރިޒަމް މިނިސްޓަރ ވަޒީރު ތާރިޤް އިބްރާހިމްއެވެ. 

ވަޒީރުންގެ ޕަބްލިކް ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.

އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެހުމަށް ފަހު، ހުސްތަންކޮޅެއް ދޫކުރުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.

ކިޔުންތެރިންގެ ހިޔާލު