ENGLISH
22 އޭޕްރީލު 2025
ޙައްޖު އަދި ޢުމްރާ ދަތުރުތަކަށް މެޑިކަލް ޓީމް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
14 ފެބްރުއަރީ 2025
|
ޙައްޖު އަދި ޢުމްރާ ދަތުރުތަކަށް މެޑިކަލް ޓީމް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އިން ހުޅުވާލައިފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ ޢިއުލާނެއްގައި ވަނީ އެ ކުންފުނީގެ ފަރާތުން ކުރާ ދަތުރުތަކުގައި ސިއްޙީ މަސައްކަތްތެރިން ހިމެނޭ ދަފްތަރެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ހުށަހެޅުންވުމަށް އެދިފައިވެއެވެ.
އެގޮތުން މިކަމަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންގެ ފެންވަރާއި ޝަރުތުތަކާއި މަގާމުގެ މަސްއޫލިއްޔަތު ވެސް ބަޔާންކޮށްފައިވެއެވެ.
އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާއިރު އެއްކަރުދާސް ކުރަން ޖެހޭ ލިޔުންތަކުގެ ތެރޭގައި:
މި އިޢުލާނުގައި އިތުރަށް ވިދާޅުވެފައިވަނީ މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.
ދަފްތަރު އެކުލަވާކުމަށްފަހު ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިކުރާނެ އެހީތެރިން ހޮވާނީ މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިންކަމަށް އިޢުލާނުގައިވެއެވެ.