ENGLISH

22 އޭޕްރީލު 2025

Advertisement

ދިވެހިންގެ ރާއްޖެއަށް ވާސިލުވުމަށް ދިވެހީންގެ ދުޅަހެޔޮކަން ވަރަށް މުހިއްމު: އިސްމާއިލް ޒާހިރު

14 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ދިވެހިންގެ ރާއްޖެއަށް ވާސިލްވުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ ދިވެހިންގެ ދުޅަހެޔޮކަން ކަމަށް ސިއްހަތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ޒާހިރު ވިދާޅުވީ، ދިވެހިންގެ ރާއްޖެއަށް ވާސިލްވުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ދިވެހި ރައްޔިތުންނަކީ ސިއްހަތު ސަލާމަތުން ތިބި ބަޔަކަށް ހެދުން ކަމަށެވެ. އަދި ބަލި މުޖްތަމައެއް ގޮވައިގެން ގައުމުގެ ޕްރޮޑަކްޓިވިޓީއެއް ނުފެންނާނެކަމަށް ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ، މީގެ ކުރިން ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނު ތަންފީޒް ނުކުރެވި އޮތީ ޤާނޫނުގައި ބައެއްކަންކަން އެހާ ތަފްސީލުކޮށްފައި ނެތީމަ ކަމަށާއި އަދި ތަންފީޒުކުރަން ދަތިވާގޮތަށް ބައެއް ކަންކަން ހިމެނިފައި ހުރުމުން ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެޤާނޫނަށް އިސްލާހު ގެނެސް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނަށް ފުރަތަމަ ފަހަރަށް އަމަލުކުރަން ފަށައިފި ކަމަށެވެ. އެގޮތުން މި ޤާނޫނަށް ގެނައި މައިގަނޑު ބަދަލަކީ ވޭޕްގެ އާލަތްތައް ދިވެހި ރާއްޖެއަށް އެތެރެކުރުން މަނާކުރުން ކަމަށާއި، އުމުރުން 21 އަހަރަކީ ދުންފަތް ވިއްކޭ އެންމެ ހަގު އުމުރު ކަމުގައި ކަނޑައެޅުން ކަމަށް ޒާހިރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޒާހިރު ވިދާޅުވީ މީގެ ކުރިން ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގައި ދުންފަތް މާނަކޮށްދީފައި އޮންނަ ގޮތުން ދުންފަތުގެ ބާވަތްތައް ހިމަނަން ވަރަށް އުނދަގޫވި ކަމަށާއި އޭރު އެގާނޫނުގައި ދުންފަތަކީ ކޮބައިކަން ބަޔާންކޮށްދީފައި އޮންނަނީ ވަރަށް ކުޑަކޮށްކަމަށެވެ. އެހެން ނަމަވެސް މި ގެނެވުނު އިސްލާހުގައި ދުންފަތަކީ ކޮބައިކަމާއި އަދި ދުންފަތުގެ ބާވަތްތަށް ވަރަށް ރަނގަޅަށް ތަފްސީލުކޮށްދީފައި އެބައޮތް ކަމަށް ޒާހިރު ވިދާޅުވިއެވެ.

"ޤާނޫނު ތަންފީޒު ކުރުމުގައި އަސްލު ކުރިން މިދިމާވި މައިގަނޑު މައްސަލައަކީ ޤާނޫނުގައި އެހާ ތަފްސީލުކޮށް ބައެއް ކަންކަން ބަޔާން ކޮށްފައި ނެތީމާ އަދި  ތަންފީޒް ކުރުން ދަތިވާ ގޮތަށް ބައެއް ކަންކަން ހިމެނިފަ ހުރީމަ ދިމާވި ދަތިތަކެއް، އެހެންވީމަ އެހުރިހާ ކަމަކަށް ހައްލު އަންނާނެ ގޮތަކަށް ހުރިހާ އިދާރާތަކެއް ގުޅިގެން ކުރެވުނު މަސައްކަތުގެ ތެރެއިން އަސްލު މިހާރު މިގާނޫނަށް ބަދަލުތަކެއް ގެނެވިފައި މިހުރީ" އިސްމާއިލް ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ، ގައުމެއްގެ ރައީސަކު މިކަމަށް މިހާ އިސްކަންދެއްވައިގެން މިޤާނޫނު ތަންފީޒު ކުރި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިކަމަށް ދެއްވާ އެއްބާރުލުމާއި އިރުޝާދަށް ފަށްފަށުން ޝުކުރު އަދާކުރަންޖެހޭކަމަށާއި މިހާހިސާބަށް މިއާދެވުނީ އެމަނިކުފާނު ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުންކަމަށް ޒާހިރު ފާހަގަކުރެއްވިއެވެ.  

ކިޔުންތެރިންގެ ހިޔާލު