ENGLISH
22 އޭޕްރީލު 2025
"ރޯދަ ސާފު" ޕްރޮގްރާމްގެ ދަށުން މާދަމާ މާލެ ސާފުކުރަނީ
14 ފެބްރުއަރީ 2025
|
އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީގެ މަގުތައް މާދަމާ ސާފުކުރަން ފަށާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މާލެ ސާފު ކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ސިޓީތަކާ ބެހޭ މިނިސްޓްރީ އާއި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިންނެވެ.
"ރޯދަ ސާފު" ގެ ނަމުގައި ފަށާ މާލެ ސާފު ކުރުމުގެ ހަރަކާތުގައި އެހެން މިނިސްޓްރީތަކާއި ކުންފުނިތަކުން ވެސް ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި:
މި ޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:15 ގައެވެ. މި ޙަރަކާތުގެ ތެރެއިން މާލެ އާއި، މާލޭގެ މުހިންމު ސަރަޙައްދުތައް ކަމަށްވާ އިންޑަސްޓްރިއަލް ޒޯނާއި، އުސްފަސްގަނޑު، ލޮނުޒިޔާރަތް ޕާކު، ހެދިގޮނޑުދޮށާއި، އަލިމަސް ކާނިވާ، މަސްވެރިންގެ ޕާކު، އެމްޕީއެލް ސަރަޙައްދު، އަދި ރަސްފަންނު ސަރަޙައްދު ސާފުކުރާނެއެވެ.