ENGLISH

22 އޭޕްރީލު 2025

Advertisement

އުޞޫލާ ޚިލާފަށް އެއްވެސް މުވައްޒަފަކާމެދު ޢަމަލުކޮށްފައެއްނުވާނެ: ޑރ. ޢާއިޝަތު ޝިހާމް

13 ފެބްރުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެ ވުޒާރާއި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކާމެދު އުޞޫލާ ޚިލާފަށް މަސައްކަތްކޮށްފައި ނުވާނެކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެ ވުޒާރާގެ އަދާހަމަ ހާމަކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ވަނީ އިޖުތިމާޢީ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފަކު މިދިޔަ އަހަރު ސޯޝަލް މީޑިއާގައި ދައުރުކުރި ވީޑިއޯއާ ޙަވާލާދީ ސުވާލުކޮށްފައެވެ.

ސޯޝަލް މީޑިއާއަށް މުވައްޒަފު ދޫކޮށްލި ވީޑިއޯގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އެ ވުޒާރާގައި މަސައްކަތްކުރައްވާ ގޮތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެ މައްސަލައާ ޙަވާލާދެއްވައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އެ ވުޒާރާއަކީ ރައްޔިތުން އެންމެ ކަންބޮޑުވާ ވަގުތު ޚިދުމަތް ހޯދަން އަންނަ ވުޒާރާއަށްވެފައި، އެ ވުޒާރާއާ ގުޅޭ އުނިކަންކަން ސޯޝަލް މީޑިއާގައި މުވައްޒަފަކު ފާހަގަކުރުމުން އެކަން މިނިވަންކަމާއެކު ތަޙްޤީގު ކުރެއްވުމުގެ މަސައްކަތް ފެއްޓެވި ކަމަށެވެ.

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ އެވުޒާރާގެ ތެރޭގައި އެފަދަ ގޮތަކަށް ޢަމަލުކުރެވެމުންދޭތޯ ބެލުމަށް، މިނިވަން އޮޑިޓެއް ހައްދަވައިދެއްވުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުއްވި ކަމަށެވެ. އެގޮތުން ސިވިލް ސަރވިސް ކޮމިޝަނުގައި އެދިވަޑައިގަތީ، ތުޙުމަތު ކުރެވުނު މައްސަލައާއި އަދި ވުޒާރާގެ އެއްވެސް ކަމެއް ޤަވާއިދާ ޚިލާފަށް ކޮށްފައިވޭތޯ އާއި އަދި އެއިން ކަމެއްގެ ސަބަބުން އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ލިބިފައިތޯ ބައްލައިދެއްވުމަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ސިވިލް ސަރވިސް ކޮމިޝަނުން އެކަންތައް ކޮށްދެއްވައިފި. ކޮށްދެއްވާފަ އަޅުގަނޑުމެން ކައިރީގައި ވިދާޅުވެފައި އޮތީ ސިވިލް ސަރވިސްގެ ޤަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނެތޭ. އަޅުގަނޑުމެންނަށް އިހުމާލުވެވޭފަދަ ކަމެއް ކޮށްފައެއް ނެތޭ" ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ވުޒާރާއަށް ކުރެވޭ އެފަދަ ތުޙުމަތުތައް ބެލުން މުހިއްމުވެގެންދިޔައީ، ވުޒާރާގެ ރެޕިއުޓޭޝަނަކީ ރައްޔިތުންގެ ކުރިމަތީގައި ވަރަށް މުހިއްމު ކަމަކަށްވާތީ ކަމަށެވެ. އަދި، އެފަދަ ތުޙުމަތެއް އެ ވުޒާރާއާ މެދު އައިސްފިކަމުގައި ވާނަމަ ރާއްޖޭގައި ހުރި އެކަމާ ގުޅޭ އިދާރާތައް މެދުވެރިކޮށް އެކަންކަން ބައްލަވައި ރައްޔިތުންނަށް އެކަންކަން ސާފުކޮށްދެއްވާނެ ކަމަށް ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު