ENGLISH

22 އޭޕްރީލު 2025

Advertisement

ސްކޭމަރުންގެ އުކުޅުތައް އަންނަނީ ބަދަލުކުރަމުން، އާންމުން ސަމާލުވާން ޖެހޭ: ސާރޖަންޓް އަބްދުއްﷲ ޝަހުނީޒް

13 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

އާންމުން ހޭލުންތެރިވާ ވާރަކަށް ސްކޭމަރުންގެ އުކުޅުތައް ވެސް އަންނަނީ ބަދަލުކުރަމުން ކަމަށާއި އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭކަމަށް ސާރޖަންޓް އަބަދުއްﷲ ޝަހުނީޒް ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަހުނީޒް ވިދާޅުވީ، ސްކޭމަރުންގެ ސްކޭމްތަކުގައި ޖެހެވެނީ ހޭލުންތެރިކަން ކުޑަކަމުން ނޫންކަމަށާއި އާންމުން ހޭލުންތެރިވާވަރަކަށް ސްކޭމަރުންގެ އުކުޅުތައް ވެސް ބަދަލުކުރާތީ އެކަންކަމަށް ސަމާލު ނުވެވޭތީ ކަމަށެވެ.

"އެގޮތުން މާރކެޓް ޕްލޭސް އަށް ބަލާއިރު އަޅުގަނޑުމެންނަށް ބަލައިލެވެންހުރޭ އެމީހުންގެ ޕްރޮފައިލްތައް، އެމީހުންގެ ރޭޓިންސްތައް، ރިވިއުސްތައް ބަލައިލެވެން ހުންނައިރު ގިނަފަހަރު ހަމަ އެމީހުން ޕޯސްޓްކޮށްފައި ހުންނަ އެއްޗެހި ބަލައިނުލެވޭ. އިންސްޓަގްރާމުން ވެސް އަޅުގަނޑުމެންނަށް ބަލައިލެވެން ހުންނާނެ އެމީހުންގެ ޔޫޒާރނޭމް ބަދަލުކޮށްފައި ހުންނަ އަދަދާއި އެމީހުން ހަރަކާތްތެރިވެފައި ހުންނަ ވަރު. އެހެންނަމަވެސް މިކަންތައްތައް ބަލައިނުލެވި ފަސޭހަކޮށްލުމުގެ ތެރެއިން މުދާ އަވަހަށް ނެގުމުގެ ތެރޭގައި މިކަހަލަ ކަންތައްތަކާއި މިދިމާވަނީ،" ޝަހުނީޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހުޏިޒް ވިދާޅުވީ، ޚާއްސަކޮށް ރަށްރަށުގައި އުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައި އެބަހުރި ކަމަށާއި، ބައެއްފަހަރު މުދާ ނުލިބި ހުސް ފޮށިގަނޑު ވެސް ލިބިފައި އެބަހުރި ކަމަށެވެ. އެކަންތައްތައް ހައްލުކުރުމަށް ޓަކައި އެންމެ ރަނގަޅު ގޮތަކީ މުދާ ގަތުމުގެ ކުރިން އެފިހާރައެއް ނުވަތަ އެތަކެތި ވިއްކާތަނަށް ޒިޔާރަތްކޮށްލުން ކަމަށާއި އެމީހުން ފޮނުވާ ފޮޓޯތަކަށް އިތުބާރުނުކޮށް ފިޒިކަލީ މުދާ ބަލައި ޓެސްޓް ކޮށްލުމަކީ ކުރެވިދާނެކަމެއް ކަމަށް ޝަހުނީޒް ވިދާޅުވިއެވެ. އޭގެ އިތުރަށް އެންމެ ބޮޑަށް ރިކޮމެންޑް ކުރަނީ މުދާ ލިބުނީމާ ފައިސާ ހަވާލުކުރުންކަމަށްވެސް ޝަހުނީޒް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ސައިބާރ ކްރައިމްގެ މައްސަލަތައް ދެބައިކުޅަ އެއްބައި މަދުކަމަށާއި އެހެންނަމަވެސް ފައިސާގެ ގޮތުންބަލާއިރު އަދަދު މަތިވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ޝަހުނީޒް ވިދާޅުވިއެވެ. އެގޮތުން 315 މައްސަލަ މިދިޔަ އަހަރުގެ ޖަނުއަރީ މަހު ހުށަޅާފައިވާކަމަށާ އަދި މިއަހަރު ޖަނުއަރީ މަހު 194 މައްސަލައެއް ހުށަހަޅާފައިވާކަން ސާރޖަންޓް އަބްދުއްﷲ ޝަހުނީޒް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު