ENGLISH
22 އޭޕްރީލު 2025
އައްޑޫ ސިޓީ ހިތަދޫން ވިޔަފާރި ބޭނުމަށް ހަތް ބިމެއް ދޫކުރަނީ
13 ފެބްރުއަރީ 2025
|
އައްޑޫ ސިޓީގެ ހިތަދޫ އަވަށް، ފޮޓޯ: ސަރުކާރު
އައްޑޫ ސިޓީގެ ހިތަދޫ އަވަށުން ވިޔަފާރި ބޭނުންތަކަށް ހަތް ބިމެއް ދޫކުރަން އެ ސިޓީގެ ކައުންސިލުން އިޢުލާނުކުރައްވައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރެއްވި އިޢުލާނެއްގައި ވިދާޅުވެފައިވާ ގޮތުން ހިތަދޫން ދޫކުރާ ހަތް ބިމަކީވެސް 4،000 އަކަފޫޓުގެ ބޮޑުމިނުގެ ބިންތަކެވެ. އެ ބިންތައް ދޫކުރައްވަނީ ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ކުރުމަށެވެ.
މި ބިންތައް ހޯދުމަށް ކުރިމަތިލުމުގެ ފުރުޞަތު އަމިއްލަ ފަރުދުންގެ ނަންމަތީ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކާއި ޕާޓްނާޝިޕުތަކަށް އޮންނާނެ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.
މި ބިންތައް ދޫކުރައްވަނީ ބީލަން އުޞޫލުންނެވެ. އެ ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަނބުރާ ނުލިބޭ ގޮތަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 300 ރުފިޔާ ދައްކަންޖެހޭނެއެވެ.
ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އާ ދެމެދުގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވެވޭނެއެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން ބިމުގެ ނަންބަރު، ބީލަން ގަންނަ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރަންޖެހެއެވެ. އަދި ރަޖިސްޓްރޭޝަން ފީ ދެއްކުމަށްފަހު، ފައިސާ ޖަމާކުރި ސްލިޕް މެއިލް ކުރަންޖެހޭނެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމާ ގުޅޭ މަޢުލޫމާތު ކަރުދާހާއި، ބީލަން ހުށަހަޅާ ފޯމު އެ ކައުންސިލުން އެ ފަރާތްތަކަށް މެއިލުކުރައްވާނެ ކަމަށެވެ.
އަންނަ މާޗު މަހުގެ ދިހަވަނަ ދުވަހުގައި ބީލަން ބަލައިގަތުމާއި ބީލަންތައް ހުޅުވުން އައްޑޫ ސިޓީ ކައުންސިލުގެ އިދާރާގައި އޮންނާނެއެވެ.